ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ދީފައިވާ ބިންތަކުގެ ވާހަކަތައް ދެއްކުމަކީ ހަމަނުޖެހޭ ކަމެއް: ވައްޑެ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާންތަކެއް ކުރިން ދިވެހިރާއްޖޭގެ އިސްވެރިންގެ މަގާމުގައި ތިބި ފަރާތްތަކަށް މާލެއިން ލިބިފައިވާ ބޮޑެތި ބިންތަކުގެ ވާހަކަތައް މިހާރު ދެކެވެމުންދިއުމަކީ، ހަމަނުޖެހޭކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން، ވަކި ބަޔަކަށް ބިންތަކެއް ދޫކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވާހަކަ ފެތުރި، ރައްޔިތުންގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކާއި، ބައިބައިވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، މީގެ އަހަރުތަކެއް ކުރިން އެކި ނުފޫޒު ގަދަ ފަރާތްތަކާއި، ރާއްޖޭގެ އިސްވެރިނަށް ބޮޑެތި ބިންތަކެއް ލިބިފައިވާކަމަށް އިޝާރާތްކުރައްވާ، ވަހީދު ވިދާޅުވީ، އެ ބިންތަކުގެ ވާހަކަ މިހާރު ދެކެވެމުންދިއުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ.

ޒަމާންތަކެއް ކުރިން މާލެއިން ބޮޑެތި ބިންތަކެއް ވަކި ފަރާތްތަކަކަށް ދެވިފައިވާ ވާހަކަތައް މިހާރު ދެކެވުމަކީ، ހަމައެއް ނެތް ކަމެއް ކަމަށް އިޝާރާތްކުރައްވާ، ވަހީދު ފާހަގަކުރެއްވީ އަތޮޅު ތެރޭގެ ރަށްރަށުގައިވެސް އެފަދަ އުސޫލަކުން ކަންކަން ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެނާ ވިދާޅުވީ، ދާދި ފަހަކާއި ޖެހެންދެން ރާއްޖޭގެ ގިނަ ރަށްރަށުގައިވެސް ބިން ދޫކޮށްފައިވަނީ، ނުފޫޒު ގަދަ، ވަކި ބަޔަކަށް ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް، ދާދި ފަހާއި ޖެހެންދެން ބިންތައް ދޫކުރެވިފައިވަނީ، ނުފޫޒު ގަދަ ވަކި ބަޔަކަށް ކަމަށް ވަހީދު ފާހަގަކުރެއްވިއިރު، ރައީސް ސާލިހު ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއާއި ގުޅިގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައިވަނީ ބޮޑެތި ބައިބައިވުންތައް އުފެދިފައެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ، ޖަރީމާއެއް ކަމަށްވެސް ބައެއް މަޖިލީސް މެމްބަރުންވެސް ވަނީ ސިފަ ކުރައްވާފައެވެ.

ރައްޔިތުންގެ ތެރޭގައި ތަފާތު ކުރުމަށް ގާނޫނު އަސާސީން ޖާގަ ދެވިފައި ނޯންނާނެ ކަމަށްވެސް ފާހަގަކުރައްވާފައިވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ، ހުޅުމާލެއިން ބިންތައް ވަކި ފަރާތްތަކަކަށް ހިލޭ ދިނުމަކީ، ރައީސް ސާލިހުގެ ސަރުކާރުން މިހާތަނަށް ހިންގާނެ އެންމެ ބޮޑު ޖަރީމާ ކަމަށެވެ. އަދި އެހެން ގައުމެއްގެ ސަރުކާރަކުން މިފަދަ އަމަލެއް ހިންގާ ނަމަ، ރައްޔިތުން ނުކުމެ އެކަމާއި ދެކޮޅަށް، އަޑު އުފުލައި މުޒާހަރާތައް ކުރާނެކަމަށްވެސް އެނާވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހު ވިދާޅުވެފައިވާގޮތުން، އެ މަނިކުފާނުގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައިވާ ސަރަހައްދުތަކުގެ ތެރޭގައި، ހުޅުމާލެ، އަދި ގުޅީ ފަޅުވެސްހިމެނެއެވެ. އަދި އެހެނިހެން ސަރަހައްދުތަކުންވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެކަމަށްވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: