ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ނިޕޯންގެ “މެޓެކްސް” ޕެއިންޓު ލޯންޗުކޮށްފި

އެސްޓީއޯއިން "މެޓެކްސް" ޕެއިންޓު ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ނިޕޯން ޕެއިންޓުގެ އުފެއްދުމެއްކަމަށްވާ “މެޓެކްސް” ޕެއިންޓުގެ 7 ލީޓަރުގެ ދަޅެއް ލޯންޗުކޮށްފިއެވެ.

އެސްޓީއޯއިން ނިޕޯން ޕެއިންޓުގެ “މެޓެކްސް” ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވީ، މި ޕްރޮޑަކްޓުގެ ސަބަބުން، އެސްޓީއޯގެ ކަސްޓަމަރުންނަށް ބޭނުންވާ ކުލަތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ކުޑަވެގެންދާނެކަމަށެވެ. އެގޮތުން އެނާ ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކުގައި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޕެއިންޓަކީ، ކުލަތައް މިކްސް ކޮށްގެން އުފައްދާ ޕެއިންޓުތަކެއް ކަމަށެވެ. އެހެން ކަމުން ކުލަ އުފެއްދުމަށް ބޭނުންވާ އާލާތެއް ހުސްވެއްޖެ ހާލަތެއްގައި ކަސްޓަމަރުންނަށް ޕެއިންޓު ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެހެން ނަމަވެސް އަލަށް ތައާރަފް ކުރި “މެޓެކްސް” ގައި ހުންނާނީ ކުލަތައް ތައްޔާރު ކުރެވި ދަޅުތަކުގައި ބަންދު ކުރެވިފައިކަމަށްވުމުން އެ ދަތިތައް ދިމާ ނުވާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

“މެޓެކްސް” ޕެއިންޓު ތައާރަފް ކުރުމުގެ ސަބަބުން އެ ކުންފުނިން ކުލަ ގަންނަ ކަސްޓަމަރުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ފަސޭހަތަކެއް ވެގެންދާކަމަށް ފާހަގަކުރައްވާ އަމުރު ވިދާޅުވީ، މި ކުލައަކީ، މިހާރު މާކެޓުގައި ހުރި ކުލަތަކަށްވުރެ، އަގު ހެޔޮ ކުލައެއްކަމަށެވެ. އެހެން ކަމުން އެ ކުލަ ގަންނަ ކަސްޓަމަރުންގެ ޖީބަށްވެސް ލުއިތަކެއް ލިބިގެންދާނެކަން އެނާ ފާހަގަކުރެއްވިއެވެ. އަދި ނިޕޯންގެ “މެޓެކްސް” ޕެއިންޓަކީ އެތެރެއާއި ބޭރުގައިވެސް ބޭނުން ކުރެވިދާނެ ކުލަތަކެއް ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: