ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއަށް އެރި ސީލްއަށް ވެސް، ޔޯގާގެ މައްސަލާގައި ހައްޔަރުކުރި މީހުންނަށް ވުރެ ރަނގަޅަށް ކަމޭހިތި: މޫސާ ފަތުހީ

ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ މޫސާ ފަތުހީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫއަށް އެރި ސީލްއަށްވެސް، ޔޯގާގެ މައްސަލާގައި ހައްޔަރުކުރި ފަރާތްތަކަށްވުރެ ރަނގަޅަށް ކަމޭހިތިކަމަށް ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ މޫސާ ފަތުހީ ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީން އިސްނަގައިގެން އިންޑިއަން ހައިކޮމިޝަނާއި، އެ ގައުމުގެ ކަލްޗަރަލް ސެންޓަރާއި ގުޅިގެން ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަމުންދަނިކޮށް އެ ސަރަހައްދަށް ވަދެގަނެ ބަޔަކު ވަނީ ހަމަނުޖެހުން ހިންގާފައެވެ. ސަރުކާރުގެ ފަރާތުން މި މައްސަލަ ވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައި، ތަހުގީގު ފަށާފައެވެ. އެގޮތުން ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަރާތްތަކުގެ ޖުމްލަ އަދަދު ދީނީ އިލްމްވެރިންނާއިއެކު، 25 މައްޗަށް އަރާނެއެވެ.

މިފަދައިން ވަރަށް ހަރުކަށިކޮށް ސަރުކާރުގެ ފަރާތުން މައްސަލަ ތަހުގީގުކުރަމުން ދިޔުމާއި، ގިނަ ބަޔަކު ހައްޔަރުކުރުމުގެ ސަބަބުން ގިނަ އާންމުގެ އިތުރުން ހައްޔަރުގައި ތިބި ފަރާތްތަކުގެ ދިފާއީ ވަކީލުންވެސް ބުނަމުން އައީ މި މައްސަލަ ތަހުގީގުކުރުމުގައި ސިޔާސީ ކުލަޖެހިފައިވާކަމަށެވެ. އަދި އެބޭފުޅުން ފާހަގަކުރެއްވީ ހައްޔަރުކުރެވުނު ފަރާތްތަކާއިމެދު އަމަލުކުރަނީވެސް ވަރަށް އިހާނެތިކޮށާއި ހައްޔަރުކުރެވިގެންދިޔައީވެސް ބޮޑެތި ކުށްވެރިންވެސް ހައްޔަރުނުކުރާފަދަ ގޮތަކަށްކަމަށެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސާ ފަތުހީ ވިދާޅުވީ ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ޝެއިހު ނިޝާން އާދަމް ހައްޔަރުކުރެވިގެންދިޔައީ ދަރިފުޅާއިއެކު އިޝާ ނަމާދަށް ވަޑައިގަންނަވަނިކޮށް ފުލުހުންގެ އަތުގައި ހުރި އެންމެ ވަރުގަދަ ދަހަނާ އަޅުވައިގެންކަމަށެވެ. ބަންދުގައި ތިބޭ ފަރާތްތަކަށް އެންމެ ފުރިހަމަ ހިދުމަތް ނުލިބޭނެކަމަށް ގަބޫލުކުރައްވަންކަމަށް ފާހަގަކުރައްވާ މޫސާ ފަތުހީ ވިދާޅުވީ ނަމަވެސް އެބޭފުޅުން އެވާހަކަ އެފަދައިން އެދައްކަވަނީ ރާއްޖޭގައި އަމަލުކުރާ އާންމު ހާލަތަށްވުރެ ދަށަށް ދިޔައީމައިކަމަަށެވެ.

” ގަބޫލުކުރަން ބަންދުކުރާ އިރު ބަންދުގަ ތިބޭއިރު އަޅުގަނޑުމެން ހިތް އެދޭފަދަ 5 ސްޓާ ހިދުމަތެއް ނުލިބޭނެކަން، އެކަމަކުވެސް ރާއްޖޭގަ އާންމު ހާލަތަށްވުރެ އެތައް ގުނަ ދަށާށް ދިޔައީމައި އެވާހަކަދެއްކޭނެ. ފެންފޮދެއް ލިބުމުގައި ހުރި ދަތިކަން، ނިދާލަން ލިބޭ ދަތިކަން، ފާހާނާގެ ދަތިކަން.” މޫސާ ލުތުފީ 

އޭނާ އިޝާރާތް ކުރެއްވީ ދާދި ފަހުން އައްޑޫ ސިޓީއަށް އައި ސީލް އާއިމެދު އަމަލުކުރިގޮތަށެވެ. އެގޮތުން އެންވައިރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސީލްއަށް ގޯނާ ނުކުރުމަށް އެދުނުކަމަށާޢި، ކާންދީ ތަރުބިއްޔަތު ދިނުމަށްވެސް ބައެއް ފަރާތްތަކުން އެދުނުކަމަށް ފާހަގަކުރައްވާ މޫސާ ލުތުފީ ވިދާޅުވީ ހައްގު ބަސްބުނެ، ރައްޔިތުންނަށް ހެޔޮ ގޮތް ވިސްނައިދީ، މުންކަރާތްތަކަށް އަރައިނުގަތުމަށް ގޮވާލައި ޔޯގާއަކީ ޝިރުކު އަޅުކަމެކޭ ބުނި ފަރާތްތަކާއިމެދު އަމަލުކުރީ ސީލްއާއި މެދުވެސް ކަންތައްނުކުރާހާ އިހާނެތިކޮށްކަމަށެވެ.

އިލްމްވެރިއެއް ނޫން ނަމަވެސް ދީނުގެ ދިފާއުގައި ހައްގު ބަސް ބުނުމަށްޓަކައި ނިކުތް މައުސޫމް ރައްޔިތުންނަށްމެދުވެސް ކަންތައްކުރެއްވީ ގާނޫނު އެންމެ ހަރުކަށިކޮށް ތަރުޖަމާކޮށްގެންކަމަށް މޫސާ ލުތުފީ ވިދާޅުވިއެވެ.

ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތްތަށް ވަނީ އާއިލާއާއި ބައްދަލުވުމަސް ކުރި ދަތިތަކުންނާއި އަދި ހައްޔަރުގައި ބައިތިއްބާފައި ތިބި ގޮޅީގެ ފަންކާ ރަނގަޅުނުކޮށްދިނުމުގެ އިތުރުން ޑޮކްޓަރަށް ދެއްކުމަށް ކުރިދަތިތަކުގެ ސަބަބުންނާއި އަދި ކޯޓުއަމުރުނުދީ ހިފެހެއްޓުމުގެ ސަބަބުން ބަނޑުހާ ހޫނުކަމުގެ ހަޅުތާލުވެސްކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކުރެވިގެންދިޔަ ޝެއިހު މުހައްމަދު ފަޒްލޫން ވިދާޅުވެފައިވަނީ މިކަންތައްތަކުގެ ޒިންމާ ނަގަންޖެހޭނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުކަމަށާއި އަދި އެފަދައިން ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތަކާއިމެދު އިހާނެތިކޮށް އަމަލުކުރުމަށް އެންގި ހޯމް މިނިސްޓާ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: