ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. އިޔާޒްގެ ފާޑުކިއުން ނަޝީދަށް: 8 ފެބްރުއަރީގައި ގައުމުގައި ޖެހި ހުޅަށް ޒިންމާވާން ޖެހޭނެ!

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 2012 ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ދެއްކެވި ވާހަކަތަކުން، ގައުމު ތެރޭގައި ހިންގި ހަަމަނުޖެހުންތަކަށް އެ މަނިކުފާނު ޒިންމާވާން ޖެހޭނެކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ސުވާލު ވިދާޅުވެއްޖެ އެވެ.

ޔޯގާ ޑޭގެ ހަމަނުޖެހުންތަކަށް ޝައިހު ނިޝާން ޒިންމާ ނަންގަވަން ޖެހިވަޑައިގަތުމަކީ އިންސާފުތޯ ސުވާލު އުފައްދައި އިޔާޒް ވިދާޅުވީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެމްއެމްޑީއެފްގެ ބޭފުޅުން އެ މަނިކުފާނުގެ ބޮލުގައި ބަޑިޖެއްސުމުން ކަމަށް ވިދާޅުވެ މުއައްސަސާތަކުގެ ބޮލުގައި ބޮޑެތި އިލްޒާމުތަކެއް އެޅުވުމަށް ފަހުކަމަށެވެ.

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެމްއެންޑީއެފްގެ އަގު ވައްޓާލައި އިލްޒާމު ތަކެއް އެޅުވިކަމަށް ފާހަގަކުރައްވާ އިޔާޒް ވިދާޅުވީ، އެ ވާހަކަތަކުގެ ސަބަބުން ދިވެހިންގެ ތެރެއިން ބަޔަކު މީހުން ލޭކެކި މުޅި ގައުމުގައި ހުޅުޖެހިކަމަށެވެ. އެހެން ނަމަވެސް އެ ހަމަނުޖެހުންތަކަށް ރައީސް ނަޝީދު ޒިންމާ ނަންގަވަން ޖެހިވަޑައިގެންފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އިޔާޒް ވިދާޅުވީ އެހެން ކަމަށް ވާއިރު މުންކަރާތްތައް މަނާކުރެއްވުމުގެ ގޮތުން ޝައިހު ނިޝާން ދެއްކެވި ވާހަކައެއްގެ ސަބަބުން، ބަޔަކު މީހުން މާރާމާރީ ހިންގި ކަމަށް ބުނެ ޝައިހު ނިޝާންގެ ބޮލުގައި ޒިންމާ އަޅުވާ އެނާއަށް އެކަމުގެ މަސްއޫލިއްޔަތު ނަންގަވަން ޖެއްސުމަކީ، އިންސާފެއް ނޫން ކަމަށެވެ. އަދި ހަމަހަމަކަމާއި އިންސާފަކީ އެކި މީހުންނަށް އެކި ގޮތަށް އޮންނަ އެއްޗެއްތޯވެސް އެނާ ސުވާލުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މުންކަރާތް ތަށް ނަހީކުރާށޭ ކިޔާފަ ނޫންތޯ ތިބޭ ފުޅާ އެބޭ ފުޅާއަށް ވޯޓ ދެއްވީ..ދެންކޮން ސްޕިން އެއްތޯ؟ ޓިޔައީ ލާރިފޮތީގެ ދެފުއް. ޢެއްފަޅީގަ އަދަދެއް، އަނެއްފަޅީގަ ކުރެހުމެއް. ޥަކިނުވާނެ ގުޅުމެއް… ތިވަރު ނުވިޔަސް ރައިސްކަން ލިބިދާނެ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: