ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމް އިމްރާނަށް: ހުތުރުކަންކަމާއި ފާހިޝް އަމަލް ނުހުއްޓުވެނީ ގާނޫނު ތަންފީޒުކުރުމައި ތަފާތު ކުރުން ގެންގުޅޭތީ!

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުތުރުކަންކަމާ ފާހިޝް އަމަލުތައް ނުހުއްޓިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށާއި އެކަމުގެ މައްސަލަ އަކީ ގާނޫނު ތަންފީޒުކުރުމުގައި ތަފާތު ގެންގުޅުންކަމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަމާޒުކުރައްވައި ކުރެއްވި ޓްވީޓްގައި ވާ ގޮތުން މަޖިލިސް ޗުއްޓީ ކުރުކޮށްލާފައިވެސް ކިތަންމެ ގާނޫނެއް ގާނޫނު ތަންފީޒުކުރުމަށް ހެދިފައިވާނެ ކަމަށާއި ކޮންމެ ކަމަކުން ރެކެން ނޫޅުއްވުމަށް ވަނީ ގޮވާލައްވާފައެެވެ.

އޮންލައިން މީޑީއާތަކާއި، ސޯޝަލް މީޑިއާ ޕްލެޓުފޯމުތަކުގައި ފާހިޝް އަމަލުތައް ހިންގާ މަންޒަރުތައް ދައްކުވައިދޭ ގިނަ އަދަދެއްގެ ވީޑިއޯތަކެއް ދައުރުވަމުންދާ ދަނޑިވަޅެއްގައި ފުލުހުންގެ މުއައްސަސާއަށް އެ އަމަލުތައް ހިންގަމުންދާ ފަރާތްތައް ހުއްޓުވެން ނެތްކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، އެފަދަ މަންޒަރުތައް ފަތުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާނޫނީ އޮނިގަނޑުގެ ތެރެއަށް ވުޖޫދު ނުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ އިޖްތިމާއީ އަޚްލާގިއްޔަތު އެއްކޮށް، ފުނޑުފުނޑު ވެގެން ހިނގައިދާނެކަމަށެވެ.

 

 

އޮރިޔާން ކާޑު ފަތުރަމުންދާ ފަރާތްތަކުގެ މައްޗަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅެން ނެތްކަމަށް އިމްރާން ފާހަގަކުރެއްވި އިރު، އަލްގިރިއާއިއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރެވިފައިވާ ބައެއް ފަރާތްތައް ބޭރު ގައުމުތަކަށް ފުރައިގެން ގޮސްފައިވާކަމަށް އަޑު ފެތުރުމުން ރައްޔިތުން ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ފާޑުކިޔަމުންނެވެ. އެގޮތުން އެ މައްސަލައިގައި މިހާތަނަށް 18 މީހަކުގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، އުމްރާއަށް ދިއުމަށް އޭގެ ތެރެއިން ދެ ފަރާތަކަށް ފުލުހުންގެ މުއައްސަސާއިންވަނީ ޕާސްޕޯޓު އަނބުރާ ރައްދުކޮށްދީފައެވެ.

އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުސް އޮފިސަރަކާއި ނޫސްވެރިޔެއް ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތް ކުރާ ބައެއް ފަރާތްތައް ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީގެ މުވައްޒިފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ޓީޗަރުން ތަކެއްގެ އިތުރުން ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގައި މަސައްކަތް ކުރި ފަރާތެއް ހިމެނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: