ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ކޮމަންވެލްތު ޖަމާއަތް ކަމުނުދިޔައީ ބެންކެއް ނެތުމުން

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންވެލްތު ޖަމިއްޔާއަކީ، ބެންކެއް ނެތް ޖަމާއަތެއް ކަމަށްވުމުން އެއްވެސް ގައުމަކަށް އެހީތެރިކަމެއް ފޯރުވެން ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރުވާންޑާގައި ކުރިއަށް ގެންދާ “ކިގާލީ ޑަޔަލޮގް 2022” ގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮމަންވެލްތު ޖަމާއަތަށް ރަނގަޅު ގޮތަކަށް ކުރެވޭ މަސައްކަތެއް ގޮތަށް އެ މަނިކުފާނަށް ފާހަގަކުރެވެނީ، ސަގާފީ ހަރަކާތްތައް ކުރިއަށް ގެންދިއުމާއި، މަޝްވަރާ ކުރުން ފަދަ މަސައްކަތްތައް ކަމަށެވެ. އަދި އެ ޖަމާއަތަކީ އެއްވެސް ގައުމަކަށް އެހީ ފޯރުވުމުގެ ގާބިލުކަމެއް ލިބިގެންވާ ޖަމާއަތެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ އެ ޖަމާއަތައް އެހީ ދެވެން ނެތް ސަބަބަކީ، ބޭންކެއް ނެތުންކަމަށް ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދުވަނީ މީގެ ކުރިންވެސް ކޮމަންވެލްތު ޖަމިއްޔާއަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ރައިސް ނަޝީދު ވިދާޅުވެފައިވާގޮތުން، އެ ޖަމިއްޔާއަކީ، ހުދުމުހުތާރު ވެރިން ބާރުވެރި ކުރުވަމުން އަންނަ ޖަމާއަތެކެވެ. އަދި އެ ޖަމިއްޔާއިން އެފަދަ އަމަލުތައް ހިންގުން ހުއްޓަން ޖެހިފައިވާކަމަށްވެސް ރައީސް ނަޝީދުވަނީ މީގެ އަހަރުތަކެއް ކުރިން ފާހަގަކުރައްވާފައިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: