ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮތުމަށް ރައީސް ޔާމީން އަބަދުވެސް ތާއީދުކުރޭ!

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެޑައިގަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާނު އަބަދުވެސް ތާއީދުކުރައްވާ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ސަރުކާރުގެ ގާބިލިއްޔަތާއި ކެރިފޯރުންތެރިކަން ނެތުމާއި ރައްޔިތުންނަށް ވެސް ހަރަދު ބޮޑުވާ ކަމުގައެވެ.

ބަރުލަމާނީ ނިޒާމެއް އޭގެ ޒާތުގައި ފުރިހަމަކުރާ ނަމަ އޭގެ ކަލްޗަރަލް ޕްރެކްޓިސް އެކަމުގައި އޮންނަ ކަމަށާއި އެ ޕްރެކްޓިސް ކުރާ ޕާލިމެންޓޭރިއަނުންނަކީ އެމީހުންގެ އަމިއްލަ ޕާޓީތަކުން ރެގިއުލޭޓް ކުރަންޖެހޭ ބަޔަކަށް ވާންޖެހޭ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެމީހުންނަކީ ވިޕް ފޮލޯ ކުރާ ބަޔަކަށް ވާންޖެހޭ ކަމަށާއި އެމީހުންނަކީ ޕާޓީއަށް ހޮވުމަށްފަހު ޕާޓީއާ ބޮންޑެއްގެ ތެރެއިން ބައިންޑްވާ ބައެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން އެމީހުންނަށް އެމީހުން ހޮވުނު ދާއިރާ ދޫކޮށްލުމަށް ފަހު ޕާޓީއަކުން ހޮވުނީތީ ރައްޔިތުންގެ މަޖިލީހުގައި ދާއިރާ އެއް ތަމްސީލު ކުރަން އިނދެފައި އެމީހުން އަމިއްލަ ހިޔާލުގައި އެހެން ޕާޓީ އަކަށް ބަދަލުވުމުގެ ޖާގައެއް އެމީހުންގެ ޕާޓީ އަކުން  އަދި އެ ފުރުސަތު އާއްމު މެމްބަރުންވެސް ނުދޭނެ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ވުމާއެކު މެޗުއަރޑް ޑިމޮކްރަސީ ތަކުގައި ނުވަތަ ބަރުލަމާނީ ނިޒާމް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދާ ޑިމޮކްރަސީތަކުގައި ބަރުލަމާނީ ނިޒާމް ފްލޯލެސް ނޫން ނަމަވެސް ދަތިތަކާއެކު ހިނގާ ކަމަށާއި ނަަމަވެސް ރާއްޖޭގައި ނުހިގާނެކަން ހުރިހާ އެންމެންވެސް ދަންނާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފަސޭހަކަމާއެކު އެބޭފުޅަކު ހޮވިފައި ހުރި ޕާޓީ ބަދަލު ކުރައްވާ ކަމަށާއި އެކަން ރެގިއުލޭޓް ކުރެވޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މައުޟޫގައި އިތުރަށް ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕާޓީ ބަދަލުކުރާ މައްސަލަ ގާނޫނު އަސާސީ އަށް ގެނެވުނު ނަމަވެސް އާހިރުގައި އެންމެ ފަހުވަގުތު އެކަންތައްތައް ނިމިގެން ދަނީ ކޯޓް މަރުހަލާގައި ކަމުގައެވެ.

އެހެން ކަމުން ފްލޯ ކްރޮސް ކުރާ ބޭފުޅަކު ޕާޓީ އިން ވަކި ކުރި ނަމަވެސް މަޖިލީހުން ވަކި ނުކުރެވޭނެ ކަމާއި އޭނާގެ މައްސަލަ އަހަރު ދެއަހަރު ނުވަތަ ތިން އަހަރު ވީ ނަމަވެސް ކޯޓް މަރުހަލާގައި ނުނިމި ދިގުލައިގެން ދާކަމަށާއި ނަސީބު ރަނގަޅު ކަމުގައި ވަނީ ނަމަ މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން ނިމިދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމާއި އެހެން ނޫން ނަމަ އެ ނިޒާމަކީ ވަރަށް ހަލަބޮލި ނިޒާމެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ކޯލިޝަން ހަދައިގެން ބަރުލަމާނީ ނިޒާމެއްގައި ވެރިކަން ވަރަށް ފަސޭހައިން ބަދަލު ކުރެވޭ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ރިޔާސީ ނިޒާމަކީ ސްޓޭބަލް ނިޒާމެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. ރިޔާސީ ނިޒާމަކީ ރައްޔިތުންނަށް ހަރަދު ކުރެވި ޓެކްސް ފައިސާ ދައްކާފަރާތްތަކުގެ ފައިސާ ހެޔޮގޮތުގައި ބޭނުން ކުރެވި ބަރުލަމާނީ ނިޒާމެއް ގެނައުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް އެކަން ކަށަވަރުވެއްޖެ ނަމަ ބަރުލަމާނީ ނިޒާމަކީ ރިޔާސީ ނިޒާމަކަށް ވުރެ މާ  ޔުނިވަރސަލް ރައްޔިތުން ތަމްސީލު ކުރާލެއް ބޮޑު ނިޒާމެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: