ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން، ރައީސް ނަޝީދުގެ ވިސްނުމަށް ތާއީދުކުރައްވައިފި!

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިވެހިރާއްޖޭގައި އޮންނަންޖެހޭ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ބަހުސްގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައިފިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގާތްވެ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ކުރިއަށް އޮތް ހަފްތާގައި އޮތްއިރު ރައީސް މުހައްމަދު ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ހުށައަޅާފައެވެ.

މި ހުށަހެޅުންތަކަށް މާބޮޑު ތާއީދެއް ނެތް އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު ބުނާ ގޮތަށް ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުންކަމަށާއި، މިއީ ކުރު މުއްދަތެއްގެ ތެރޭގައި ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ.

ނަމަވެސް އިދިކޮޅުގެ ލީޑަރު ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ އެމަނިކުފާނު ރައީސް ނަޝީދާއި އެއްބަސްވެވޭ އެއް ކަމަކީ ގައުމުގައި އޮންނަންވީ ވެރިކަމުގެ ނިޒާަމަށް ކުރެވޭ ބަހުސްއާއިމެދުކަމަށެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަށްކަމަށާއި އެކަން އެމަނިކުފާނާއިއެކު ސިޔާސީ މަސައްކަތް ކުރާ ފަރާތްތަކަށް އެނގިލައްވާނެކަމަށެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 4%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: