ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ލިބިއްޖެނަމަ ދައުލަތުން ގެއްލުނު ފައިސާ ރިކަލެކްޓް ކުރާނަން: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރު ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ދައުލަތުން ގެއްލިފައިވާ ފައިސާ އަލުން ދައުލަތަށް ހޯދައިދެއްވާނަންކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މީހަކަށް ހުކުމެއް އިއްވާ ތަހުގީގެއް ކުރިއަށް ގެންދިޔަ ނަމަވެސް ވާނެ ފައިދާއެއް ނޯންނާނެކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި މަސައްކަތް ކުރާނީ އެފައިސާ އަބުރާ ހޯދަންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށްވެސް ދައުވާކުރެއެވެ.

އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

ނަމަވެސް އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ބުނަމުން އަންނަނީ މިއީ ސިޔާސީ ދައުވާއެއްކަމަށެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މީހެއްގެ މައްޗަށް ހުކުމެއް ކުރުމަކުން ދައުލަތުން ގެއްލިފައިވާ ފައިސާ ނުހޯދޭނެ .އެފައިސާ ހޯދޭނީ ހޯދަން އެގޭމީހަކަށް ވެރިކަމަށް 4އަހަރު ފުރެން ކާރިވާއިރު މިމީހުންނަށް މިއުޅެނީ ރައީސް ޔާމީނުގެ ފޫބުޑުން ނެއްޓެން ނޭގިގެން. ވީމާ 2023 ވަނަ އަހަރު ވެރިކަމަށް ގެންނަންވީ ރައީސް ޔާމީން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: