ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ވެރިކަމެއްގައި “އިންޑިއާ އޮންލީ” ޕޮޮލިސީއެއް ނުހިނގާނެ: ރައީސް ޔާމީން

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވުމުން އެމަނިކުފާނަށް މަރުހަބާ ކިއުމަށް ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ވެރިކަމެއްގައި “އިންޑިއާ އޮންލީ” ޕޮލިސީއެއް ނުހިގާނެކަމަށް އެޕާޓީގެ ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ، ހާރިޖީ ގޮތުން އިންޑިއާ އާއިއެކު އޮންނަންޖެހޭ ގާތް ގުޅުން އޮންނާނެކަމަށެވެ. ނަމަވެސް އިންޑިއާއަށްވެސް އިހުތިރާމް ކުރާނީ އެގައުމުން ރާއްޖެއަށް އިހުތިރާމް ކުރާ މިންވަރަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ އާއިއެކު އޮންނަ ގުޅުން ދެމެހެއްޓޭނީ އެގައުމުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގަދަރު އޮންނަ މިންވަރަކުންކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެހެންކަމުން ގުޅުން ބަދަހިކުރުމަށްޓަކައި އެ ސިޔާސަތު ދެމެހެއްޓުމަކީ އިންޑިއާގެ އަމިއްލަކަމެއްކަމަށެވެ.

އިންޑިއާގެ މިލިޓަރީ ސިފައިން ދިވެހިރާއްޖޭގައި އެބަތިބިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“އެންމެ ބޫޓު ކިބައެއް ހުންނަންޏާ ޔަގީން އަނެއް ބޫޓޫ ކިބަވެސް ހުންނާނެކަން، ދެ ބޫޓު ކިބަ ހުރެއްޖެނަމަ އެހުރީ އިންސާނެއް”

ރައީސް ޔާމީން ވިދާޅުވިއެވެ.

އެއީ އެމަނިކުފާނުގެ ވެރިކަމެއްގައި ފުރުސަތު ދެއްވާނެކަމެއް ނޫންކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއިރު، އިދިކޮޅުން ދަނީ ދިވެހިރާއްޖޭގައި ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭނެފަދައިން އިންޑިއާގެ ސިފައިން އެބަތިބިކަމަށް ބުނެ، ރާއްޖެއިން އިންޑިއާގެ ސިފައިން ބޭރުކުރުމަށްޓަކައި “އިންޑިއާ އައުޓް” ކެމްޕެއިނެއްވެސް ހިންގަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުގެ މިނިވަންކަމަށް އަތް ފޯރުވޭހެން ބޭރުގެ އަސްކަރިއްޔާއެއް ރާއްޖޭގައި އޮތުމަކީ އެމަނިކުފާނު ގަބޫލުކުރައްވާކަމެއް ނޫންކަމަށެވެ. އެއީ ތަމްރީނުތަކަށް އައިސް ތިބި ބައެއްކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން އޮޅުވާލަން މަސައްކަތްކުރާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: