ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ލިބުނީ ސައްހަ ގޮތުގައި ނޫންކަމަށް ރައީސް ޔާމީން އެއްބަސްވެއްޖެ: ޝިފާއު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުނު ނަމަވެސް ކުރާނީ ވައްކަންކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގަމުން ދާކަން ކަމާއި ބެހޭ އިދަަރާތަކުން އެމަނިކުފާނުގެ ސަމާލުކަމަށް ގެންނަމުން ދިޔަކަން ފާހަގަކުރައްވާ ޝިފާއު ވަނީ ނަމަވެސް ރައީސް ޔާމީން އައީ ވައްކަންތައް ހުއްޓުވުމުގެ ބަދަލުގައި އެފަދަ އަމަލުތައް ވިލަރެސް ކުރަމުންކަމަށް ތުހުމަތު ކުރައްވާފައެވެ.

ރައީސް ޔާމީނަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ސެނެޓުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ދެއްވާފައިވާއިރު، ޝިފާއު ވިދާޅުވީ އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުނުކަމުގައިވީ ނަމަވެސް ވައްކަން ކުރާނެކަން ޔަގީންވާ ކަމަށެވެ.

މި މައްސަލައާއި ޝިފާއު އިތުރަށް ވިދާޅުވެފައިވަނީ ވެރިކަމުގައި ހުންނަވާ ބައި ރުފިޔާ ލިބިފައިވީ ނަމަވެސް އެއާއިމެދު ސުވާލު ކުރެވިއްޖެ ހިދެއްގައި ރައްޔިތު މީހާއަށް ޖަވާބު ދެއްވަން ޖެހޭނެކަމަށެވެ. އަދި އެކަން ބުނެ ނުދެވިއްޖެނަމަ އެ އިއުތިރާފުވެވެނީ އެއީ ސައްޙަގޮތުގައި ހޯދި ފައިސާން ނޫންކަމަށް ޝިފާއު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށްވެސް ދައުވާ ކުރެވޭއިރު މަނީ ލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ދަށު ކޯޓުން ކުރި ހުކުމް، ސުޕްރީމް ކޯޓުން ބާތިލު ކުރެއްވި އިރު ރައީސް ޔާމީން ވިދާޅުވަނީ އެމަނިކުފާނުގެ އެކައުންޓުގައި ހުރީ ކެމްޕެއިނަށް ހެޔޮ އެދޭ ފަރާތަކުން ދެއްވި ފައިސާ ކަމަށެވެ.

އެ ފައިސާ ލިބުނު ގޮތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ރައީސް ޔާމީން ވިދާޅުވީ ފަސް މިލިއަން ޑޮލަރު ލިބުނު ގޮތް ހާމަނުކުރެއްވޭނެކަމަށާއި އެހެންނަމަވެސް އެއީ ސައްހަ ގޮތުގައި ހޯދި ފައިސާ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި އެ ފައިސާއަކީ އޭގެ ޒާތުގައި ހޯދަން މަސައްކަތް ކުރަންޖެހޭ ވަރުގެ އެއްޗެއްވެސް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

” ބުނަން ނުޖެހޭ އެއްޗެއް ބުނާކަށް ނުޖެހޭނެ ނޫންތޯ، އެ ފަސް މިލިއަނުގެ މައްސަލައެއް އުޅޭ ކަމަށް ވަންޏާ އެއީ މައްސަލައެއް ކަމަށް ބުނާ މީހުން އެ ހޯދާނީ، އަޅުގަނޑު އެކަންޏެއް ނޫން ދެއްތޯ ސިޔާސީ ހުރިހާ އެންމެނަށް ފައިސާ ލިބޭ، އެ ފައިސާ ހޯދާ ގޮތް ބުނެދޭކަށް ނުޖެހޭނެ،”

ޔާމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: