ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކާމިޔާބީއަކީ، އެހެން ދިވެހިންގެ ބަދު ނަސީބު: މަލީހު

މުހައްމަދު މަލީހު ޖަމާލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަތާރަ އަހަރުން އެމްޑީޕީއަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ، އެހެން ދިވެހިންގެ ބަދު ނަސީބުކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ދިވެހި މުޖުތަމައުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަމަށް އިޝާރާތް ކުރައްވާ މަލީހު ވިދާޅުވީ، މިހާރު ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ކުއްޖަކުނެތް ގޭބިސީއެެއް ނެތްކަމަށެވެ. އަދި ވަންނާނެ ގެދޮރުނެތި، މަގުމަތީގައި ނިދާ ކުދިންވެސް މަދު ނޫންކަމަށާއި، ދިވެހި މުޖުތަމައުގެ ތެރޭގައި އިސްލާމް ދީނުގައި ހަރާމް ކުރެވިފައިވާ ކަންކަން ކުރުން އާންމުވެފައިވާކަމަށްވެސް މަލީހު ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހަށް ފާޑުކިޔުން އަމާޒު ކުރައްވާ، މަލީހު ވިދާޅުވީ، އެމްޑީޕީއަށް ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމުގެ ހުރިހާ ބާރުތަކެއް ލިބިފައިވާތާ ހަތަރު އަހަރު ވެދަނީކަމަށެވެ. އަދި އެމްޑީޕީއަށް އެ ޕާޓީގެ އާންމު މެމްބަރުންނަށް ވެވިފައިވާ ވައުދުތައް ފުއްދިފައި ވަނީ ކިހާވަރަކަށް ތޯ ސުވާލު ކުރައްވައި އެނާ ވަނީ އެ ވާހަކަތަކަކީ، ފޮނި އަންގަތަކެއް ގޮތަށް ސިފަ ކުރައްވާފަ އެވެ.

އެމްޑީޕީގެ ވެރިކަމުގެ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވެސް ރަނގަޅުވެފައި ނުވާކަމަށް ފާހަގަކުރައްވާ މަލީހު ވަނީ، ޖަޒީރާ ރާއްޖެއަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ. އަދި އެމްޑީޕީއަށް ރައީސް މައުމޫނުގެ ނުފޫޒު ކަނޑުވާލެވިފައިވޭތޯ ވެސް އެނާ ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން އެނާ ވަނީ މަސްތުވާތަކެތީގެ ދޮރުތައް ބަނދު ނުކުރެވޭ ކަމަށްވެސް އިޝާރާތްކުރައްވާފައެވެ. އަދި ކަރަނޓުގެ އަގުތައް ހެޔޮވެފައިނުވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: