ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފި: މަހުލޫފް

ޔޫތް މިނިސްޓަރ، އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގެނެސްދެއްވި އިންގިލަބީ ތަރައްގީ ރައްޔިތުން ބަލައިގެންފިކަމަށް ޔޫތު މިނިސްޓާ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލާދީނީއަށް ގޮވައި، އެމްޑީޕީއަކީ ފާހިޝް ކަންކަން ފަތުރާ ބަޔަކަށްހަދައި އަދި ތަފާތު ގިނަ އިލްޒާމުތައް އެބައިމީހުން އަޅުވަމުން ގެންދާ ކަމަށެވެ. ބެލެވޭ ގޮތުގައި އެބައިމީހުންގެ ނަމުން ޓުވީޓުގައި މުހާތަބު ކުރައްވާފައި އެވަނީ އިދިކޮޅަށެވެ.
އެކަމަކު އެއީ ސިޔާސީ ބޭނުމުގައި ދައްކާ ވާހަކަތަކެއްކަން މިއަދު ރައްޔިތުންނަށް ސާފުވެއްޖެ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި އޭގެ ހެއްކަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގަތުން ކަމަށް ވިދާޅުވެ އޭނާ ވަނީ އެމްޑީޕީއަށް މަރުހަބާ ވިދާޅުވެފަ އެވެ.

މަހުލޫފު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ މެންބަރުންށައި ސަރުކާރަށްވެސް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރިއާއިއެކު 250 މީހުން އެއް ޖިންސުން ގުޅުން ހިންގިކަމުގެ ވާހަކަދެކެވޭއިރު، އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ އެމްޑީޕީގެ މެންބަރުންކަމަށް ތުހުމަތުކޮޮށް ގިނަ ބަޔަކު އަންނަނީ އެމްޑީޕީއަކީ ފާހިޝް ކަންކަން ފަތުރާ ބައެއްކަމަށް ބުނަމުންނެވެ.

ރައީސް ސާލިހަށް އަމާޒުވާ ފާާޑުކިޔުންތަކުގެ ތެރޭގައި ވެރިކަމުގެ ދައުރު ހަމަވާން ދާއިރުވެސް ކުރެވުނު މާ ބޮޑު މަސައްކަތެއް ނެތްކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: