ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްތަކުގެ ހުކުމް ތަންފީޒު ކުރާ މީހުންނަށް ބޭނުންވަނީ ލޯބި: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކަށް ބޭނުންވަނީ ލޮތްބާއި އެހީތެރިކަންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް 51 އަހަރު ފުރުމުގެ މުނާސަބަތުގެ ވާހަކަދައްކަވަމުން އިމްރާންވަނީ، އެ މުއައްސަސާގެ ހުރިހާ އޮފިސަރުންނާއި، މުއައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާއަށް ތަހުނިޔާ ދަންނަވާފައެވެ.

އިމްރާން ވިދާޅުވީ، ހުކުމް ތަންފީޒު ކުރާ ފަރާތްތަކަށް ބޭނުންވަނީ، އެކި ކަންކަމުގެ އިލްމާއި، ތަޖުރިބާތައް ކަމަށެވެ. އަދި ފަރުވާ އާއި ލޯބިވެސް ދޭންޖެހޭކަމަށް އެނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ، ޖަލުގައި ހައްޔަރު ކުރެވިފައިވާ ފަރާތްތަކަށް އަޅާލުމުގެ، މަސައްކަތްތައް އެންމެ ގާތުން ކޮށްދެއްވަމުންދަނީ ކަރެކްޝަންސްގެ އޮފިސަރުންނާއި، އެހެނިހެން މުއައްޒިފުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: