ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކަކު އަތުގައި ހުރިހާ ބާރެއް އޮންނަހާ ހިނދަކު “ހެޔޮވެރިކަމެއް” ގާއިމެއް ނުކުރެވޭނެ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެކަކު އަތުގައި ހުރިހާ ބާރެއް އޮންނަހާ ހިނދަކު “ހެޔޮވެރިކަމެއް” ގާއިމެއް ނުކުރެވޭނެކަމަށް އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މުހައްމަދު ވަހީދު ކުރެއްވި ޓުވީޓުގައި ވަނީ އެންމެ މީހެއްގެ އަތުގައި މާލިއްޔަތުގެ ފުރިހަމަ ކޮންޓްރޯލާއި، މަޝްރޫޢުތައް ހިންގުމުގެ ކޮންޓްރޯލާއި އަދި ތަންފީޒީ ބާރުތަކުގެ ހުރިހާ ކޮންޓްރޯލެއްގެ އިތުރުން ހިތުހުރި ވަރަކަށް ވަޒީފާ އުފެއްދުމުގެ ބާރާއި އަދި ބޭނުންވަރަކަށް ކުންފުނިތައް ހެދުމުގެ ބާރު އޮންނަހާ ހިނދަކު ‘ހެޔޮވެރިކަމެއް’ ޤާއިމެއް ނުކުރެވޭނެކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ސާލިހު 2018 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކެމްޕެއިން ކުރައްވަމުން ގެންދެވިއިރު، އެމްޑީޕީން ދިޔައީ އެ ޕާޓީ ވެރިކަމަށް ގެނެސްދެއްވައިފިނަމަ ހެޔޮވެރިކަމެއް ގާއިމް ކޮށްދެއްވާނަށްކަމަށް ވައުދުވަމުންނެވެ. އަދި ހެޔޮވެރުިކަމެއް ގާއިމް ކޮށްދެއްވުމަށްޓަކަިއ ސަރުކާރުން ގެންގުޅުއްވާނެ ސިޔާސަތުތައްވެސް އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް ރައީސް ސާލިހަށް “ހެޔޮވެރިކަން” ގާއިމް ނުކޮށްދެވުނުކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

އެގޮތުން އެ ވިދާޅުވާފަދަ ވެރިކަމެއް ގާއިމް ކޮށްދެވުނީ ހަމައެކަނި ވަކި ބަޔަކަށްކަމަށާއި، އެއީ އެމަނިކުފާނު ވެރިކަމަށް އައުމަށްޓާކައި ގުލާނުކޮށްދެއްވި ފަރާތްތަށްކަމަށާއި، ވެރިކަން ކުރަމުން ދަނީ އަމިއްލަ މަންފާއަށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: