ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީއަށް ރައީސް ޔާމީންގެ ތާއީދު ބޭނުން: ނަޝީދު

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމްގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ނަޝީދު ވަނީ ކޮންގްރެސްއަށް ފާހަގަކުރެވޭ ހުށައެޅުންތަކެއް ހުށައަޅާފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވަނީ ހުށައަޅާފައެވެ. އަދި އެ ހުށަހެޅުން ކުރިޔަށް ނުގެންދެވިއްޖެ ނަމަ ރާއްޖޭގެ ވެރިކަމަށް އަންނަ ފަރާތަކީ އެއީ 30 އިންސައްތައިން ކާމިޔާބު ކުރެވޭ ގޮތަށް ބަދަލު ކުރުމުގެ އިސްލާހެއް ހިމެނެއެވެ.

ރައީސް ނަޝީދު ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހުށައެޅުންތަކާއި އަދި ބަރުލަމާނީ ނިޒާމާއި ބެހޭގޮތުން ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ކަމަކާއި ކުރިމަތިލައްވަނީ ނާކާމިޔާބު ވެދާނެކަމަށް ވިސްނައިގެންނޫންކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ހުރިހާ ފަރާތެއްގެ ތާއީދު ބޭނުންވާކަމަށާއި، އެގޮތުން އިދިކޮޅުގެ ލީޑަރ ރައީސް ޔާމީން ތާއީދު ވަރަށް ބޮޑަށް ބޭނުންކަމަށް ވިދާޅުވެ ރައީސް ނަޝީދު ފާހަގަކުރެއްވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި އެއީ ވަރަށް ބޭނުންތެރިކަމެއްކަމަށެވެ.

” ވަރަށް ބޮޑަށް. ނިޒާމު ބަދަލުކުރުމަށް ބޭނުންތެރިކަމެއް އެއީ، އަޅުގަނޑުމެން އެންމެން ވާހަކަދައްކައިގެން ނޫނީ އެކަމެއް ނުވާނެ”

ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވިއިރު، ރައީސް ޔާމީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނަށް ރައީސް ނަޝީދާއިއެކު ހަމައެކަނި އެއްބަސްވެވޭކަމަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ބަހުސްގައިކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރީގައި އެމަނިކުފާނު ވަރަށް ފާޅުގައި ދެކޮޅުހައްދަޗވައި ވާހަކަދެއްކެވި ފަރާތްތަކުގެ ކިބައިންވެސް މައާފަށް އެދިފައެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް އަލަށް އިންތިހާބުވި ޗެއާާސަން ފައްޔާޒް އިސްމާއީލްގެ ކިބައިން ކުއްލި ގޮތަކަށް މައާފަށް އެުދމުން ބައެއް ފަރާތްތަކުން އެކަންތައް ސިފަ ކުރެއްވީ ކޮންގްރެސް ހުށައެޅުންތަކަށް ތާއީދު ހޯދެއްވުމުގެ ގޮތުން ކުރެއްވިކަމެއްކަމަށެވެ.

އެކަމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒް އިސްމާއީލްގެ ތާއީދުވެސް އެމަނިކުފާނަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ވަރަށް މުހިންކަމަށާއި އެހެން ހުރިހާ ފަރާތްތަކެއްގެވެސް ތާއީދު މުހިންމުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: