ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ފޯނު ވަގަށްނެގި މައްސަލައާއި ގުޅިގެން ސުވާލު ކުރުމުގެ ފުރުޞަތެއް ނުދިން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް އިސްލާމިކް މިނިސްޓްރީއަށާއި ހޯމް މިނިސްޓްރީއަށް - ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ނަޝީދުގެ ފޯނު ވަގަށްނެގި މައްސަލައާއި ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ޖަވާބު ނުދެއްވާ އެފަދަ ސުވާލުތައް ދޫކޮށްލަން ފެންނަކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވުނު ޕްރެސް ކޮންފެރެންސްގައި ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލުމާއެކު އިނގިރޭސިވިލާތުގައި ރައީސް ނަޝީދު ހުންނަވަނިކޮށް ފޯނު ގެއްލުނު މައްސަލައާއި ގުޅިގެން ނޫސްވެރިއަކު ވަނީ ސުވާލު ކުރައްވާފައެވެ. ނަމަވެސް ސުވާލު ފުރިހަމަ ކުރުމުގެ ފުރުޞަތު ނުދީ މަދުކަނޑާލެއްވުމަށްފަހު ނަޝީދު ވިދާޅުވީ އެއީ ބަރުލަމާނީ ނިޒާމާ ގުޅުން ހުރި ސުވާލެއް ނޫންކަމަށެވެ.

”އެކަމާ ގުޅިގެން ހިޔެއްނުވޭ ނިޒާމާ ބެހޭ މައްސަލައެއް އުޅޭހެންނެއް. އެ ސުވާލު އަޅުގަނޑަށް ފެނޭ ދޫކޮށްލަށްވަން”‘ ނޫސްވެރިޔާގެ ސުވާލކު މެދުކަނޑާލެއްވުމަށްފަހު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފޯނުގެއްލުނުކަމަށް އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ޒިނޭ ކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމަނިކުފާނަށް ލިބިފައިވާކަމަށް ބުނެފައިވާ ދަނޑުވަޅެއްގައެވެ.

ރައީސް ޞީލިހުގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް ކުރައްވާ އެމަނިކުފާނު މިފަދަ ވާހަކަތަކެއްް ދައްކާފައިވަނީ އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ލިވާތު ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުންނެވެ.

ރައީސް ނަޝީދު ފޯނު ގެއްލުނު ވާހަކައާއި ގުޅުން ހުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާ ރައީސް ޞާލިހުގެ މައްޗަށް ކުރެއްވި ތުހުމަތުތަކަކީ ނުދައްކާ ވާހަކައަކަށް ހެދުމަށް މަސައްކަތް ކުރަމުންދަނީ މިވަގުތު ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު މިނިވަން ކޮށްފައިވުމާ ގުޅިގެންކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: