ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށުގެ މައްސަލައިގައި އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަނީ!

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އާރަށް ކުއްޔަށްދިން މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރި ކަމުގެ ޝަރީއަތުގައި ކުރިން ނިންމާފައި އޮތީ ޒިޔަތުގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ދެވަނަ ފަރާތް ކަމުގައިވާ ފެލިދު ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް އާއި ރައީސް ޔާމީންގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި އެދުނީ އަދީބާއި ޒިޔަތުގެ ހެކިބަސް އެކުއެކީ ނެގުމަށެވެ.  އެކަމުގެ ސަބަބެއް ކަމުގައި ދިފާއީ ވަކީލުން ވިދާޅުވެފައިވަނީ ޒިޔަތާއި އަދީބުގެ ހެކިބަސް ދެ ދުވަހެއްގައި ނަގައިފިނަމަ އެއް  ހެކިވެރިއެއްގެ ފަރާތުން އަނެއް ހެކިވެރިޔާ ބުނާ ބަސްތަކަށް ނުފޫޒު ފޯރާ ވަކި ގޮތަކަށް ފަރުމާވެދާނެ ކަމަށް ފެންނާތީއެވެ.

އެކަމަށް އިއުތިރާޒުކޮށް ދައުލަތުން ބުނެފައިވަނީ އެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށްދާއިރު އަޑުއެހުން ބޭއްވޭ ކޮންމެ ދުވަހަކު ހާޒިރުކުރެވޭނީ އެއް ހެކިވެރިއެއްކަން ޝަރީއަތުން ކުރިން އިއުލާންކޮށްފައިވާ ކަމަށާއި ދެހެކިން އެއްކޮށް ހާޒިރުކޮށްދޭން ދިފާއުން އެދިފައިވާކަން ކުރިން ދައުލަތަށް އެނގިފައިނުވާ ކަމަށެވެ.

ނަމަވެސް ދިފާއުން އެގޮތަށް އެދުމުން ދައުލަތުން އެކަމަށް އިއުތިރާޒު ކޮށްފައިނުވުުމުން މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ އަދީބާއި ޒިޔަތުގެ ހެކިބަސް އެކުގައި ނެގުމަށެވެ.

ވުމާއެކު އެދެމީހުންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުން ވަނީ މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޚިޔާލަކީ މި2މީހުން އެކީ ގެނަޔަސް ވަކިވަކިން މަހަކު މީހަކު ގެނެޔަސް މިކަމުގައި ނުފޫޒު ނެތްގޮތެއް ނޯންނާނެކަން މީ “އެއްގަލުން ފެހިކާ 2ރޮނޑު”ވިއްޔަމިހާރުވެސް އޮންނާނީ ރާވާ ނިންމާފަ.

  2. މިކަމުގައި މި2މީހުން އެއްކޮށް ގެނަޔަސް ވަކިވަކިން މަހަކު މީހަކު ގެނަޔަސް ވާނީހަމަ އެއްގޮތް މީ”އެއްގަލަކުން ފެހިކާ2ރޮނޑު” ވިއްޔާ!މިހާރުވެސް ހަދާނެއެއްޗެއް އޮންނާނީ ހަދާފަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: