ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ބަރުލާނީއަށް އިމްރާންގެ ރައްދު، ”ލިބޭނެ ހަމައެކަނި މޮޅަކީ ރައްޔިތުން ހާލުގައި ޖެހުން“!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަންކުރާ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފިނަމަ ރައްޔިތުންގެ ތެރޭގައި ބައިބައިވުންތައް އުފެދި، ރައްޔިތުން ހާލުގައި ޖެހުން ފިޔަވައި ”މޮޅުކަމެއް“ ނުވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާއި މެދު ބަހުސްކޮށް ގޮތެއް ނިންމުމަށް އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފަ އެވެ. ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރެއްގެ މަގާމު އަދާކުރުމަށް ބޭނުންފުޅުވާ ރައީސް ނަޝީދު ގަބޫލު ކުރާ ގޮތުގައި ގާނޫނު އަސާސީ ރަނގަޅު ގޮތުގައި ތަންފީޒު ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ މިހާރު އަމަލު ކުރަމުންގާ ނިޒާމު މަސްހުނިވެފައި އޮތުމެވެ. އަދި ރާއްޖެއަށް ހަމަޖެހުމާއި ކުރިއެރުން އޮތީ ބަރުލަމާނީ ނިޒާމަކުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އިއްޔެ އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އަމާޒަކީ ކޮންގްރެސްގައި ހުށަހެޅުން ފާސްވެ އަންނަ އަހަރުގެ ފެބްރުއަރީ މަހު ރަސްމީ މަސައްކަތް ފެށުން ކަމަށެވެ. މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ ދައުރު ދަންމާލައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ފަހު 2024 ގައި ބާއްވާ މަޖިލީސް އިންތިހާބުން ސަރުކާރު އެކުލަވާލުންކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނިޒާމާއި މެދު ގޮތެއް ކަނޑައަޅާނީ ގާނޫނުގައި ވާ ގޮތަށް ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށްކަން ފާހަގަ ކުރި އެވެ.

ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަށް ސިޔާސީ އެހެން ޕާޓީތަކާއި، އެމްޑީޕީގެ ލީޑާޝިޕް އަދި ގައުމީ މަޖިލީހާއި ޕާލިމަންޓު މެމްބަރުން ވެސް ވަނީ ދެކޮޅު ހައްދަވާފަ އެވެ.

މީޑިއާތަކުގައި މިވާހަކަތައް އަނެއްކާވެސް ދެކެވުމުން ރައީސް ނަޝީދުގެ ހުށަހެޅުންތަކަށް ދެކޮޅު ހައްދަވައި އިމްރާން ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލު ވެއްޖެނަމަ، ސިޔާސީ ހަމަޖެހުން ގެއްލިގެންދާނެ ކަމަށެވެ. އަދި ސަރުކާރުތައް ކައިރި ކައިރީގައި ބަދަލުވެ، ކޯޅުންތައް ގިނަވާނެކަން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އިމްރާން ވަނީ ބަރުލަމާނީ ނިޒާމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ތެރޭގައި ބައިބައިވުންތައް އުފެދި، ހާލުގައިޖެހުން ނޫން އިތުރު ކަމެއް ހާސިލު ނުވާނެކަމަށްވެސް ވިދާޅުވެފައެވެ.

ބަރުލަމާނީ ނިޒާމަށް އިމްރާންގެ ފާޑުކިޔުންތައް އަމާޒުވިއިރު، ރައީސް ނަޝީދުވަނީ ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްގައި ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެނައުމަށް ގަރާރެއް ހުށައަޅާފައެވެ. އެ ގަރާރުގައި ވާގޮތުން، ސަރުކާރުުގެ އެންމެ އިސް ވެރިޔާގެ މަގާމުގައި ހުންނަވާނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އަގުލަބިއްޔަތު ލިބިގެން ހޮވި ވަޑައިގަންނަވާ ބޮޑު ވަޒީރެކެވެ. އަދި ދައުލަތުގެ އެންމެ އިސް މީހާ ގޮތުގައި ހުންނަވާނީ ރައީސުލްޖުމުހޫރިއްޔާކަމަށާއި، އެ މީހަކު ކަނޑައަޅާނީ ރައްޔިތުންގެ ތެރޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

2008 ގެ ރިޔާސީ އިންތިހާބުގެ ކުރިން އޭރު އެމްޑީޕީން ބޭނުންވީ ގޮތަށް ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔަ އެވެ. އަދި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމީ ރާއްޖޭގައި އޮންން ޖެހޭނީ ރިޔާސީ ނިޒާމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: