ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ބިނާކުރުމަށް ނެތީ ގާބިލު ޒުވާނުންތަ، ނޫނީ ޒުވާނުންގެ ދައުރުތައް؟

ދިވެހި ޒުވާނުން ބޭނުންވަނީ ސަރަހައްދީ ސިޔާސީ ކޯޅުމަށް ވުރެ ބޮޑަށް ސުލްހަވެރިކަމާއި އަމާންކަން، ކަމަށް ބުނެ ލިޔެފައިވާ ބޯޑުތަކެއް ހިފައިގެން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތެއް އެކުލަވާލާ، ގައުމެއް ކުރިއެރުވުމަށްޓައި ވަކި ގިންތި އެއް، ވަކި ޖިންސެއް، ވަކި އުމުރެއް ނެތި ބައިވެރިވުން ބޭނުންވާނެއެވެ.

އަބަދުވެސް ފެނިގެން ދަނީ ވަކި ބަޔަކު އެކަހެރިކޮށްފައި ތިބޭ މަންޒަރެވެ. އެކަހެރިކޮށް ބާކީ ކޮށްލަނީ އުމުރުން ކުޑަވީމައެވެ.

މިއަދު ތަރައްގީއަށް އެކުރާ މަސައްކަތުގެ ހަގީގީ މަގްސަދަކީ ގައުމުގެ ކުރިމަގު އުޖާލާ ކުރުމެވެ. އަންނަ އޮތް ޖީލު ބަލައިގަންނާނެ ފަދަ ތަހުޒީބީ ގައުމަކަށް ދިވެހިރާއްޖެ ބައްޓަން ކުރެވޭނީ މިއަދުގެ ޒުވާނުންގެ ހިޔާލު ގައުމު ހިންގުމުގައި އާއި ކަންކަމުގައި ގޮތް ނިންމުމުގައި ހިމަނައިގެންނެވެ.

ދެން އިވިގެން ދާނެ ވާހަކައަކީ އަދުގެ ޒުވާނުންގެ އެ ތަނަވަސް ހިޔާލު ނުވަތަ އެ ގާބިލުކަން ނެތް ވާހަކައެވެ. އެ ބޭނުންވާ އިލްމާއި މައުލޫމާތު ޒުވާން އުމުރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތާއި ހަވާލުވެ ތިބި މީހުންގެ މި ހިޔާލު ނެތުން މިއީ މިކަންތައް ހާސިލް ނުވާ ސަބަބެވެ.

ކޮންމެ އަހަރެއްގެވެސް ޒުވާނުންގެ ދުވަސް އައުމާއިއެކު ޝިއާރެއް ކަނޑައަޅައެވެ.

އެކަކުވެސް ބާކީނުކޮށް އެންމެން ޝާމިލްވާ، ހަމަހަމަ ފުރުޞަތު ލިބިދޭ، ފެންވަރު ރަނގަޅު ތަޢުލީމެއް ކަށަވަރުކޮށްދީ، ޙަޔާތުގެ ހުރިހާ ޢުމުރު ފުރާއެއްގައި ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު އެންމެންނަށް ފަހިކޮށްދީ، މިފަދަ އެތައްކަމަކަށް ލަނޑުދަނޑި ކަނޑައެޅުމަށެވެ. ސަރުކާރުންވެސް އެންމެ ބޮޑު އަމާޒަކީ، ޒަމާނީ ތަޢުލީމް އުނގަންނައިދީގެން، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމެވެ. ޒަމާނީ ތަޢުލީމާއި ތަމްރީން ލިބިގެން، އަމިއްލަ އަތުން ދިރިއުޅުން ބިނާކުރާ، ޒިންމާދާރު ޒުވާނުންތަކެއް އުފެއްދުމެވެ.

ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒު ކުރަމުން ދާނީ، އެ ލަނޑުދަނޑި ޙާޞިލްކުރެވޭނެ މަގުންކަމުންކަމަށް ވިދާޅުވެއެވެ. ބޭނުމަކީ ޤައުމާއިގެން ކުރިއަށް ދިޔުމުގެ ރޫޙާއި، ވަޠަނީ ލޯބި ހުރި، ޢަދުލު އިންޞާފަށް ވަކާލާތުކުރާ ޖީލެއްގެ އަތްމައްޗަށް، ޤައުމުގެ ކުރިމަގު ފުރޮޅިގެން ދިޔުންމެވެ.

ދައުލަތުން ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން، ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ ޢަޒުމް ކަނޑައަޅައި އެކަމަށް ގަދައަޅައި މަސައްކަތްކުރުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެސް އުއްމީދެވެ.

ޒުވާނުންގެ އަމިއްލަ ދިރިއުޅުމަށް ލިބޭ ކޮންމެ ކުރިއެރުމަކީ، ޤައުމަށް ލިބޭ ތަރައްޤީއެއްކަމަށް އެމަނިކުފާނު ވިދާޅުވީ ނަމަވެސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޒުވާނުންގެ ޝާމިލުވުމާއި ނުވަތަ ޒުވާނުންގެ ފަރާތުން މަންފާއެއް ހޯދޭނީ ހަމައެކަނި ކުޅިވަރުން ނޫންކަމެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކުރިއަރަމުން އަންނަ ގައުމުތަކުގައި ޒުވާނުންގެ ދައުރު ބޮޑެވެ.

ޒުވާނުންގެ ދައުރު ގައުމަށް މުހިންމު ވަނީ ގައުމުގެ ކުރިމަގަކީ އެއީތީވެއެވެ. އެއީ މާދަމާ ނުވަތަ މުސްތަގުބަލުގައި ގައުމާއި ޒިންމާވާންތިބި ފަރާތްތަކެވެ. ލީޑަރުންނެވެ.

ޒުވާން އުމުރުގައި ކޮންމެ ކުއްޖަކަށްވެސް އެ ދެވޭ ތަރުބިއްޔަތު ވެގެންދާނީ އޭނާގެ ކުރިމަގު ބައްޓައްކުރުމަށްޓަަކައި މޫނު ބަލާނެ ލޯގަނޑަށެވެ.

ޒުވާނުންނޭ ބުނުމުން، ޒުވާން ޖީލު މަސްތުވާތަކެއްޗަށް ގޮސް ހަލާކުވެއްޖެކަމުގެ ވާހަކައިގެ ބަދަލުގައި އެކަށީގެންވާ ތަރުބިއްޔަތެއް ޒުވާން ޖީލަށް ފޯރުކޮށްދީ ގައުމު ހިންގުމުގެ ހުރިހާ ދާއިރާއެއްގައި ވެސް ބަސްވިކޭ، ބަސް ބަލަގަންނަފަދަ ބަޔަކަށް ހަދަންޖެހެނީ ވަކި ދާއިރާއެއް ނެތި ޒުވާނުންގެ އެއްބައިވުން ބޭނުންވާތީއެވެ. މިއީ ޒުވާނުންގެ އުޅުމެއް ނެތްކަމަށް ބުނެ ފަރުޖައްސާނުލެވޭނެ ސަބަބުތަކެވެ. ގައުމު ބިނާކުރުމުގައި ޒުވާނުންގެ ދައުރާއި އެބާރަށް އަދުގެ ޒުވާނުން ހޭލުންތެރިކޮށްގެން މެނުވީ އެ ފާހަގަކުރައްވާފަދަ ބާއްޖަވެރި މުސްތަގުބަލެއް ނުލިބޭނެތީއެވެ.

ޒުވާނުން ބާރުވެރިކުރުމަށްޓަަކައި ސަރުކާރުން ނުވަތަ ކަމާއި ހަވާލުވެގެން ތިބި ފަރާތްތަކުން ކުރާ މަންޒަރެއް ނުފެނެއެވެ. އެ ހިތްވަރު ޒުވާނުންނަށް ދިނުމުގެ ބަދަލުގައި ފެންނަނީ ހިތްވަރު އެލުވާލާ އަމިއްލަ ނަފްސުގެ ގާބިލްކަމާއިމެދު ސުވާލުއުފެދޭނެފަދަ ބަސްތައް އަމާޒުކުރާ މަންޒަރެވެ.

ފުރަތަމަ އަރާ ބޮންތީގައި ނުހިފޭނޭ ބުނާ ބުނުން މިއީ މަޝްހޫރު ބުނުންތަކެވެ. ނަމަވެސް އެއް ފަހަރުން އަރާ ބޮންތީގައި ނުހިފިއްޖެނަމަ ނުވަތަ ފުރަތަމަ ފެނިލުމުން ކާމިޔާބު ނުހޯދިއްޖެނަމަ އެ ގާބިލުކަން ނެތްކަމަށް ނިންމުން މިއީ މިއަދު ދިވެހި މުޖުތަމުގެ ތެރޭގައި އާންމުކަމެކެވެ. ސުކޫލަކަށް ނުވަތަ މަސައްކަތުގެ މާހަލައުލަކަށް ބަލާލި ނަމަވެސް ފެންނަނީ އެއް މަންޒަރެކެވެ.

ހަމަހަމަކަމާއިއެކު ފުރުސަތުތައް ފަހިކޮށްދީ، އެންމެ އާދާއިގެ މީހާއިން ފެށިގެން މޮޅު މީހާއަށްވެސް ފުރުސަތުތައް ފަހި ކޮށްދީގެން ނޫނީ ގައުމު ތަހިޒީބެއް ނުވާނެއެވެ. މިއަދުގެ ޒުވާނުންނަށް ބޭނުންވަނީ ގާބިލުކަމާއި ހުނަރު ދެއްކުމަށްޓަކައި އެ ފުރުސަތެވެ. ނަމަވެސް ތައުލީމު ހޯދުމާއި ވަޒީފާގެ ފުރުސަތާއި މިފަދަ ކަންކަން އެކަށީގެންވާ މިންވަރަކަށް ފަހިވެފައިނެތުމުގެ ސަބަބުން ހިތްވަރު އެލޭ ފަހަރު މަދެއްނޫނެވެ.

ފިޔަގަނޑު ހުޅުވާލާ މިނިވަންކަމާއިއެކު ފިޔަޖެހުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި ފެންނަނީ ފިޔަ ކޮށާލާ ކޮއްޓައްލާ ތަޅުއަޅުވާ މަންޒަރެވެ.

އުފެދޭ ސުވާލަކީ ގައުމު ބިނާކުރުމަށްޓަކައި ނެތީ ގާބިލު ޒުވާނުންތޯ، ނޫނީ ޒުވާނުންގެ ދައުރުތޯ؟

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: