ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހިކިފަސް ޕްރޯ” ގެ ނަމުގައި މަކުނޫގައި ސައިކަލު ރޭހެއް ބާއްވައިފި

ހިކިފަސް ޕްރޯ ރޭހުގެ ތެރެއިން: ފޮޓޯ/ ރޭސިނގް އެސޯސިއޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

“ހިކިފަސް ޕްރޯ” ގެ ނަމުގައި ހދ މަކުނުދޫގެ ވަލު ތެރޭގައި ސައިކަލު ރޭހެއް ބާއްވައިފިއެވެ.

ރޭސިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި މުބާރާތުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހިންގެ ތެރޭގައި މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުންހިމެނެއެވެ. މުބާރާތުގައި ޖުމުލަކޮށް ފަސް ޓީމެއް ބައިވެރިވާއިރު، 17 ދުއްވުންތެރިއެެއް ބައިވެރިވެއެވެ، މުބާރާތުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ޒުވާނުންނެވެ.

މި މުބާރަތް ކުރިއަށް ގެންދަނީ ރައްކައުތެރިކަމުގެ ފިޔަވަޅުތަކަކާއި އެކުއެވެ. އެގޮތުން، ދުއްވުންތެރިންނަށް ހާއްސަ ކިޓުތަކެއް ލާއިރު، ކަމެއް ދިމާވެއްޖެ ހާލަތެއްގައި ސީ އެމްބިއުލާންސްއެއްވެސް ތައްޔާރަށް އޮންނާނެއެވެ. މި ފަހަރު ކުރިއަށް ގެންދިޔަ “ހިކިފަސް ޕްރޯ” މުބާރާތަކީ އެއް ދުވަހުގެ މުބާރާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: