ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޓަޔާރ ކުރެއްވި ޒަކަރިއްޔާ މަންސޫރު 51،000 ރުފިޔާ ލިބޭ ސިޔާސީ މަގާމެއްގައި!

ޒަކަރިއްޔާ މަންސޫރު. ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިން ގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، ރިޓަޔާރ ކުރެއްވި ނެޝެނަލް ކައުންޓާ ޓެރަރިޒަަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް މިހާރު ވެސް މަހަކު 51،000 ރުފިޔާ މުސާރައެއް ލިބިވަޑައިގަންނަވާކަން ހާމަވެއްޖެއެވެ.

މަންސޫރު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 13 މާޗު 1984 ވަނަ އަހަރުއެވެ. ސިފައިންގެ ހިދުމަތުގެ ބޮޑު ބައިގައި ކޯސްޓްގާޑުގައި ހިދުމަތް ކުރެއްވި މަންސޫރު ސިފައިންގެ އެހެން ދާއިރާތަކުގެ އިސް މަގާމުތައް ވެސް އަދާ ކުރެއްވިއެވެ.

ސިފައިންގެ ވަޒީފާ އިން ރިޓަޔާ ކުރެއްވި ނަމަވެސް، ޒަކަރިއްޔާ މަންސޫރު ގެންދަވަނީ އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ މަގާމެކެވެ.

އެންސީޓީސީ އަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.

މަންސޫރު އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލްގެ މަގާމުގައި ހުންނެވި އިރު، އަދި ރިޓަޔާކުރެއްވުމާ ގުޅިގެން ލިބިވަޑައިގަންނަވާ އިނާޔަތްތަކާއި އެންސީޓީސީގެ މަގާމުގައި ހުންނަވާ ލިބިވަޑައިގަންނަވާ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލް ހޯދުމަށް އެދިފައިވަނީ އާންމު ފަރާތަކުންނެވެ.

ރިޓަޔާކުރެއްވުމުގެ ކުރިން، ބްރިގޭޑިއާ ޖެނެރަލްގެ ރޭންކުގައި އެމްއެންޑީއެފްގައި މަންސޫރު ހުންނެވި އިރު މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 57،032 ރުފިޔާ ލިބިވަޑައިގަތެވެ. އަސާސީ މުސާރައިގެ ގޮތުގައި 27،240 ރުފިޔާ ލިބިވަޑައިގަންނަވާއިރު، އެހެނިހެން އެލަވަންސްތަކުގެ ގޮތުގައި 27،792 ރުފިޔާ ލިބެއެވެ.

މީގެ އިތުރުން، ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން އޭނާއަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ އެއް ފަހަރާ ލިބިވަޑައިގެންފައެވެ. އަދި ރިޓަޔާކުރެއްވުމާ ގުޅިގެން ކޮންމެ މަހަކު ވެސް މަންސޫރަށް 20،430 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި މިހާރު އަދާކުރައްވާ އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ޖުމްލަ 31،300ރ. އޭނާއަށް ލިބިވަޑައިގަންނަވައެވެ.

އެހެންކަމުން، ސިފައިންގެއިން ރިޓަޔާކުރެއްވުމަށް ފަހު ވެސް މަންސޫރަށް ޖުމްލަ 51،730ރ ލިބިވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: