ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް ބޮޑު ވަޒީރުކަމާއި ދެކޮޅު: އެއީ ރައްޔިތުން ހޮވާ މީހެއް ނޫން

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ރިޔާސީ ނިޒާމަކުން، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައި ތާއީދުކުރައްވަނީ ރިޔާސީ ނިޒާމް ދެމެހެއްޓުމަށްކަމަށް ޖުމުހޫރީ ޕާޓީގެ އިސް ލީޑަރު ގާސިމް އިބްރާހިމް ހާމަ ކުރައްވައިފިއެވެ.

ރިޔާސީ ނިޒާމަކާއި، ބަރުލަމާނީ ނިޒާމެއްގައި ފަރަގުތަކެއް ހުންނަކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވަނީ، ވެރިކަމުގެ ބާރު ރައްޔިތުންގެ އަތުގައި އޮތް ކަމަށް ފާހަގަކުރައްވާފައެވެ. އަދި އެ ބާރު ދެމެހެއްޓިގެންދާނީ ރިޔާސީ ނިޒާމެއް އޮވެގެންކަމަށްވެސް ގާސިމް ފާހަގަކުރެއްވިއެވެ.

ރިޔާސީ ނިޒާމެއް އޮތުމަކީ ދިވެހިރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތްކަމަށް އެ މަނިކުފާނު ދެކިލައްވާކަމަށް ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، އެ ނިޒާމުގައި ރައީސްއާއި، މަޖިލީސް މެމްބަރުންނަކީ، ސީދާ ރައްޔިތުންގެ ވޯޓުން ހޮވިގެން މަގާމުތަކަށް ވަޑައިގަންނަވާ ބައެއް ކަމަށެވެ. އެހެން ނަމަވެސް، ބަރުލަމާނީ ނިޒާމުގައި ގައުމު ހިންގުމާއި ހަވާލުވާ ބޮޑު ވަޒީރަކީ، ރައްޔިތުން އިންތިހާބު ކުރާ ފަރާތެއް ނޫންކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

 

ރައީސް ނަޝީދު ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށައަޅުއްވައި، ވެރިކަން ކުރަމުންދާ ނިޒާމު ބަދަލު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ދަނޑިވަޅެއްގައި، ގާސިމް އެނާގެ ވޯޓު ބަރުލަމާނީއަށް ނެތްކަމަށް ހާމަ ކުރައްވާފައިވާއިރު، އެމްޑީޕީގެ ތެރޭގައިވެސް އެ ނިޒާމަށް ތާއީދު ނެތްކަމަށް ބައެއް ފަރާތްތަކުންދަނީ ހާމަ ކުރަމުންނެވެ. އެގޮތުން ރައީސް ސާލިހުވަނީ ރައީސް ނަޝީދުގެ ގަރާރު އަނބުރާ ގެންދަވަން އެދިލައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ މަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށްކަންވެސް ހާމަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަގޭ ރައްޔިތުންގެ ދުވަސް ކަިއރިވީދޯ 4 އހަރު ނިާފަ މިހާރު ރައްޔިތުން މަތިންހަނދާވީދޯ، މިއީ މިބޭފުލާގެ ސިޔާސީ އުސޫލް ހުންނަގޮތަް ވޭތުވެދިޔަ 4 އަހަރު ކޮންކަމެއްތޯކުރެއްވީ ސަރުކާރުގެ އހީތެރިކަންހޮއަދަވައިގެން ދަވްލަތް…………… ދޯ. ބަލާ ދިވެހިރައްޔިތުންނަށް ވަރަށް ރަގަޅަށްމިހާރު ތިޔަ ޤާސިމް އެނގިލައްވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: