ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ބަދަހި ކުރަމުންދާ ހާރިޖީ ގުޅުންތަކުން ރައްޔިތުންނަށް ފައިދާއެއް ނެތް: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ބޭރު ގައުމުތަކާއި އޮންނަ ހާރިޖީ ގުޅުން ބަދަހި ކުރަމުންދިޔަ ނަމަވެސް، ދިވެހި ރައްޔިތުންނަށް އެކަމުން ވެފައިވާ ފައިދާއެއް ފެންނަން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ބޭރު ގައުމުތަކަށް ސަފީރަކު އައްޔަނު ކުރުމާއި ބެހޭ ގޮތުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ، ބޭރުގެ ފަރާތްތަކާއި އޮންނަ ގުޅުން ބަދަހި ކުރުމުގެ ވާހަކަތައް ސަރުކާރުން އަބަދުވެސް ދައްކަވާކަމަށެވެ. އެހެން ނަމަވެސް އެ އެ ގުޅުމުގެ ސަބަބުން އެހީއެއް ނުވަތަ މަންފާއެއްވެސް ދިވެހި ރައްޔިތުނަނަށް ވެފައިނުވާކަން އެނާ ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ އަމަލުތަކަށް ނަޒަރު ހިންގާއިރު، ގަބޫލު ކުރެވިގެންދަނީ ރައީސް ސާލިހުގެ ސަރުކާރުން ”މަތި ބަރު“ ވާނެ ހުރިހާކަމެއް ކުރަމުންދާތަން ކަމަށެވެ. އަދި މިހާރު ކަންކަން ތަރުތީބު ކުރެވިގެންދާގޮތަށް ދާނަމަ، ހުރި ވަރަށް ވުރެ ވެސް ދަރަނިތައް ބޮޑުވެ ކަންކަން ކުރުމުގައި އެތައް ގޮންޖެހުންތަކެއް ރައްޔިތުންނަށް ކުރިމަތިވެގެންދާނެކަމަށް ގަބޫލުކުރާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، މަޖިލީހުގެ މި ދައުރުގެ ޖަލްސާތަކުން ކުރާނެ ފައިދާއެއް ނެތްކަމަށާއި، ސިޔާސީ މަސްރަހާއި ކުރިމަގު އޮތް ގޮތުން ޖަވާބުދާރީ ކުރުވައި މައްސަލަތައް ބެލުމުގައި ހައްލެއް ގެނެވޭ ފަދަ މާހައުލެއް އޮތްކަމަށް ގަބޫލު ނުކުރާކަމަށެވެ. އޭގެ ސަބަބެއްކަމަށް އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ކޯޅުމުގެ ތެރެއިން މަޖިލީސް ކޮންޓްރޯލް ކުރަނީ ތިމަންނާމެންކަމަށް ސަރުކާރުގެ ބޭފުޅުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބުނަމުން ދިއުމެވެ.

އާދަމް ޝަރީފް ވިދާޅުވީ، ފެންނަ މަންޒަރުތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސަރުކާރުގެ ނުފޫޒު ގަދަވުމުގެ ސަބަބުން އިންސާފުވެރިކަމާއި އެކު އިންިތހާބެއް ބޭއްވޭނެކަމާއި މެދު ސުވާލު އުފެދޭކަން ގަބޫލު ކުރަން ޖެހޭކަމަށެވެ. އަދި ނުފޫޒު ގަދަވެފައިވާ ސަބަބަކީ ސަރުކާރުގެ މެމްބަރުންގެ އަދަދުތައް ގިނަވެފައިވުންކަމަށާއި، މުޅި މުއައްސަސާތައް ”ޕެރަލައިޒް“ ކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުންދާކަމަށް ގަބޫލު ކުރެވޭކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރުމަށް މަޖިލީހުން ކުރެވޭ މަސައްކަތްތައް މަދުކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ޖުމުތަމައުގެތެރޭގައި ހިންގަމުންދާ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިނުވާކަމަށާއި، ފަހަތު ފަޔަށް ބުރަވަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ.

ސަރުކާރުން ދަނީ ދިވެހިރާއްޖެ ހަރާބު ކުރަމުންކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ގައުމުދާ މިސްރާބަށް ބަލާނަމަ، ސަލާމަތް ކުރުމަށް ކާބަފައިން ކުރި މަސައްކަތްތައް ނުކޮށް، ގައުމު ސަލާމަތް ކުރެވޭނެ މަގެއް ފެންނަން ނެތްކަމަށެވެ. އަދި ވެރިކަން ބަދަލުނުކޮށް، ގައުމު ސަލާމަތް ކުރަން ތިބި ބަޔަކަށްވެސް އެ މަސައްކަތް ކުރުމުގެ ޖާގަ ލިބޭނެކަމަށް ގަބޫލުނުކުރައްވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: