ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ބަނގުރޫޓުވުމުގެ ފުރުސަތު އެބައޮތްކަން ރައީސަށް އެނގޭނެކަން ކަށަވަރު: ނަޝީދު

ރައީސް ސޯލިހު ތަގުރީރު ކުރައްވަމުންދާއިރު ރައީސް ނަޝީދު ތަރުހީބު ދެއްވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވުމަކީ އެކަށީގެންވާ ކަމެއްކަން، އެ މަނިކުފާނަށް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، މާލީ ވަޒީރު އިބްރާހިމް އަމީރަށްވެސް އިނގޭކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 

އެމްޑީޕީގެ ހަރުގޭގައި ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ މާލީ ވުޒާރާތަކާއި، މާހިރުންވަނީ، ދިވެހި އިގްތިސާދު ފުނޑުފުނޑުވެ، ގައުމު ބަނގުރޫޓުވެދާނެކަމަށް ފާހަގަކޮށް، އިންޒާރުތަކެއް ދީފައިކަމަށެވެ. އަދި އެކަމަކީ ދިވެހި ރައްޔިތުންނަށްވެސް އިނގޭނެ ކަމެއް ކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނަށް އެކަން އިނގޭ ގޮތަށް ރައީސް ސާލިހަށާއި، މާލީ ވަޒީރަށާއި، އެމްއެމްއޭގެ ގަވަނަރަށްވެސް އެކަން އިންގޭނެކަން އެ މަނިކުފާނަށް ކަށަވަރުކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވަކި ސަރުކާރެއް ފާހަގަނުކުރެއްވި ނަމަވެސް، މިދިޔަ ދުވަސްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ދަރަނިތައްވަނީ އިތުރުވެފައިކަމަށެވެ. އަދި ހަގީގަތަކީ ރައީސް ނާސިރު ފިޔަވާ އެހެން ހުރިހާ ވެރިންނެ ވެރިކަމުން ފޭބި އިރު، ދަރަނިތައް އިތުރުވެފައިވާކަން ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިވަގުތަކީ، ދިވެހިރާއްޖޭގެ ދަރަނިތައް އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެއް ކަމަށެވެ. އެހެން ނަމަވެސް ދަރަނިތައް ބޮޑުވެފައިވަނީ، ރައްޔިތުން އެދޭ ބަދަލުތައް ނުގެނެސް 2000 އަހަރު އޮތުމަށް ފަހު، އެ މަސައްކަތްތައް އެއްދުވަހުން ކުރަން އުޅުމުންކަމަށްވެސް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ދިވެހިރާއްޖެ ވަނީ “ނުތަކާވަރަށް” ދަރަނިވެރިވެފައިކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ދަރަނިތައް އަނބުރާ ދައްކަން ޖެހޭނެކަމަށެވެ. އަދި މައްސަލަތަކެއް ދިމާވާނީ އަނބުރާ ދައްކާ ގަޑީގައިކަމަށާއި، ނަގާފައިވާ ވަރަކީ އެހެން ވާހަކައެއްކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ޑިފޯލްޓު ނުވަތަ ބަނގުރޫޓުވުމަކީ، ދައްކަންޖެހޭ ގަޑީގައި ދައްކަންޖެހޭ މިންވަރަށް ނުދެއްކިގެން އުޅުން ނުވަތަ، އެވަރަށް ފައިސާތައް ނެތުންކަމަށެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި މިންގަނޑުތައް ރައީސް ސާލިހު އަދި މާލީ ވަޒީރު އަމީރަށް ސާފުވާނެކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއިރު، މީގެ ދުވަސްތަކެއް ކުރިން، ދިވެހިރާއްޖެ ބަނގުރޫޓުވެ، ލޯނުތައް އަނބުރާ ނުދެއްކިދާނެކަމަށް ދުނިޔޭގެ މާލީ ވުޒާރާތަކުންވަނީ ބުނެފައެވެ. އެހެން ނަމަވެސް މާލީ ވަޒީރު އަމީރުވަނީ ދިވެހިރާއްޖެއަށް ލޯނުތައް ދެއްކުމުގައި ދަތިކަމެއް ދިމާވެފައިނުވާކަމަށް ބުނެ، އެ ވާހަކަތައް ދޮގުކޮށްފައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: