ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިޓިކްސް އިޒް ޑާރޓީއޭ ބުނަނީ، އެކަން ނޯމަލައިޒް ކުރަން!

ރައީސް މައުމޫނު، ރައީސް ނަޝީދު، ރައީސް ޔާމީން، ރައީސް ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއްގެ ހަގީގީ ވެރިންނަކީ، އެ ގައުމެއްގެ ރައްޔިތުންނެވެ. އެކަމުގައި އެއްވެސް ޝައްކެތް ނެތެވެ.

ގައުމެއްގެ ރައީސްކަމަށް މީހަކު އަންނަނީ، ގައުމުގެ ހަގީގީ ވެރިން އެ މީހަކާއި، ވެރިކަން ހާވާލު ކުރުމުންނެވެ. މިއީ އެކަމުގެ ހެއްކެކެވެ. ގައުމެއްގެ އިސްވެރިޔާކަމަށް ވަނީ ގަދަ ބާރުންނަމަ، އެ ކުރެވެނީ އަނިޔާ- ވެރިކަމެކެވެ.

ދިވެހިރާއްޖޭގައި މިވަގުތު އެންމެ ގަދައަށް ދެކެވެމުންދާ ވާހަކައަކީ، ވެރިކަމުގެ ވާހަކައެވެ. ބައެއް މީހުން ރެއާދުވާލު ވެސް ހޭދަކުރަނީ، ދެން އަންނާނެ ވެރިއަކުގެ ހިޔާލުގައިއެވެ. ވެރިއަކުކޮށްފާނެ ކަމެއްގެ ހިޔާލުގައެވެ. މިއީ އެއްވެސް ހާލަތެއްގައި ވެގެންވާނެ ކަމެއްވެސް ނޫނެވެ. ކޮންމެ ވެރިއަކު އަޔަސް ދިވެހިންނަށް އެކަމުން މަންފާ ނޫން އެއްޗެއް ވެގެންވެސް ނުވާނެއެވެ.

ރައްޔިތުންގެ ބަދަލުގައި ފިކުރާއި ހިޔާލު ކުރަންވީ، ވެރިކަމަށް އަންނަން ބޭނުންވާ މީހުންނެވެ. ރައްޔިތުންގެ ރުހުން ހޯދާނެ ގޮތަކާއިމެދު އެވެ. ރައްޔިތުން އެންމެ އެދޭ ގޮތެއްގެ މަތިން މަސައްކަތްތައް ކޮށް ދައުރު ނިންމާލުމާއިމެދުއެވެ. ދެވެނަ ދައުރަކީ ކުރަންވެސްވާ ހިޔާލެއް ނޫނެވެ.

ވެރިކަމަށް އަންނަ މީހެއް ވާންޖެހޭނީ، ރައްޔިތުންގެ ހައްގަށްޓަކައި މަސައްކަތް ކުރުމަށް ތާާއަބަދު ތައްޔާރަށް ހުންނަ ފަރާތަކަށެވެ. ބޮޑު މުސާރައެއްގެ ބޭނުމުގައި، ނުވަތަ، ބަޔަކު މީހުންގެ މައްޗަށް ބާރު ފޯރުވުމުގެ ބޭނުމުގައި ވެރިކަމެއް ކުރާ ނަމަ، އެ މީހަކަށް ވެރިކަން ދެވުމަކީ، ހެދޭނެ ގޯހެއްކަން ކަށަވަރެވެ. އެކަމުގެ ހިތި އަސަރުތައް ދިވެހިން ހުންނާނީ އެތައް ފަހަރެއްގެ މަތިން ތަހައްމަލުކޮށްފައިކަން ކަށަވަރެވެ.

ކެމްޕެއިން ކުރާ މީހަކަށް ވޯޓެއް ނުވަތަ ޖަހާހާ ބެރަކަށް ނެށުމުގެ ސަގާފަތް ދިވެހިރާއްޖޭގައި އަށަގަތީ، ރަން ތިރީސް އަހަރުގެ ވެރިޔާގެ ޒަމާނުއްސުރެއެވެ. އެ ވެރިކަޔު ހުވާ ކުރީ، ދިމަކްރާތީ ނިޒާމެއްގެ ތެރެއިން ވެރިކަމެއް ކުރުމަށެވެ. ރައްޔިތުންގެ ވިސްނުންތަކާއި އެއްގޮތް ވާގޮތުގެ މަތިން ގުޅިގެން ގައުމު ކުރިއަށް ގެންދިއުމަށެވެ. އެހެން ނަމަވެސް އިވިގެންދިޔައީ ރިޔާސީ ނިޒާމެއް ގާއިމު ކުރެވިފައިވާ ދިވެހިރާއްޖޭގައި ރަސްކަމެއް ކޮށް، ރައްޔިތުން ބިކަ ހާލެއްގައި ޖައްސައި، އަނިޔާވެރިކަމެއް ކުރަމުންދިޔަ ވާހަކަތަކެކެވެ.

މިފަދަ ހިތި ގޮތަކަށް ކަންކަން ދިމާވީ މައިގަނޑު ސަބަބަކަށް އަލި އަޅުވާލާނަމަ، އެއީ ވަރަށް އާދައިގެ ވާހަކައެކެވެ. ކުރި ހުވާތަކާއި، ފުއްދައިދޭން ބުނި ވައުދުތަކުގެ ފޮނި އަޑުތައް އިވުމުން، އެ ކަންކަމުގެ ބޭނުމުގައި މީހަކު ވެރިކަމަށް ގެނައުމުންނެވެ.

ބޭރުގެ ކަރަ ކަރައިން ކިޔަވާ ވިދާޅުވުމަށް ފަހު، ސާފު ދިވެހި ލޭ ހުރި ދަރިއަކު، ރާއްޖެ އައިސް އޭރު ހުރި ވެރިޔާގެ ވަކި ތަކުން ރާއްޖެ ސަލާމަތް ކުރުމާއި ޖެހެންދެންވެސް ދިވެހިން އުޅެމުންދިޔައީ ދަތި ހާލަތެއްގައި ކަމަށް ބުނެއެވެ. އެއަށް ފަހު، އެ މީހަކު ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ މަންފާއާއި ލާބަ އިސްކޮށް ވާހަކަތައް ދައްކަމުންދިއުމާއި އެކު، ދިވެހިންގެ ތަހުތު ހަވާލު ކުރުމުން، އަރާ ވަޑައިގަތެވެ.

ކަންވީ ދިވެހިން ހީކުރި ގޮތަކަށް ނޫނެވެ. ހީކުރީ ކުރި ހުވާތަކުގައި ހިފަހައްޓައި، ހުރިހާ ދިވެހިންނަށް އެތައް އުފާތަކެއް ހޯދައިދޭނެކަމަށެވެ. އެހެނެއްވެސް ނުވެއެވެ. އެއް ބަޔަކު އުފަލާއި އެކު، ބިރަކާއި ނުލާ މަޖާ ކުރިއިރު، އަނެއް ބަޔަކު ތިބެން ޖެހުނީ ހަމަ 30 އަހަރު ކުރިއެކޭވެސް ދާދި އެއްފަދަ ހާލަތެއްގައިއެވެ.

ނުދެނީސް ތަހުތުގައި އިޝީންދެވަޑައިގެންނެވި ބޭފުޅެއްވެސް ދިވެހި ތަހުތު މުށު ތެރެއަށް ލި މަންޒަރު ފެނި ހިންގަޖެއްއެވެ. އެހެނަސް އެ ފަރާތެއްގެ ވާހަކައަކީ، ދިވެހިންގެ ހަޔާތުން މުހިންމު ސޮފުހާއެއް ކަމަކަށް ނުދެކެމެވެ. އަދި މުހިންމު މީހެއް ކަމަކަށްވެސް ނުދެކެމެވެ.

ދެންވެސް ދިވެހިންނާއި ގާތުން ވެރިކަމެއް ކުރުމަށް ބުނެ މީހަކު އެއްކަލަ ބާވެފައިވާ ތަހުތާއި ހަވާލުވިއެވެ. އެހެން ނަމަވެސް ރައްޔިތުންގެ ބަދަލުގައި ގާތްވީ ފައިސާއާއި ކަމަށް ބުނެއުޅެއެވެ. އެއަށްފަހު، ރާއްޖޭގެ ވެރިކަމާއި ހަވާލުވި މީހަކު، ވީ ވައުދުތައް ވެފައިވަނީ ވައުދެއް ވުމުގެ ބޭނުމުގައި ކަމަށް ގާތް މީހުންވެސް ބުނެއެވެ. ކޮންމެ ކަމެއް ފެށީ ނިންމުމަށް އެއްވެސް ގަސްތެއް ކުރުމެއް އޮވެގެންކަމަށް ފެންނަން އޮތް ކަމަށް ބުނެވެން ނެތެވެ.

ދިވެހިންނަށް މިފަދަ ހިތްދަތިކަމަކާއި ކުރިމަތިލާންޖެހުނު މައިގަނޑު ސަބަބަކީ، ކަމެއް ކޮށްފައި ހުރިތަން ފެންނަން ނެތް މީހަކުވެސް ކެމްޕެއިންތަކެއް ކޮށް، އެތައް ވައުދުތަކެއް ވުމުން އެކަމަށް ހެއްލޭތީއެވެ. އެ މީހަކީ އެ ބުނާ ކަމެއް ކޮށް ދައްކާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް މީހެއް ކަމަށްވީނަމަވެސް، ހަމަ ދައްކާހާ އަވާމެންދުރަކީވެސް ހަގީގަތެއް ކަމަށް ގަބޫލު ކުރަމުންދާތީއެވެ. ކަން ނުވެ ނަންވެފައި ތިބި މީހުން ވެރިންގެ ގޮތުގައި ހިޔާރު ކުރެވޭތީއެވެ. އިތުބާރަކީ ޖެހުނު މީހަކަށް ކުރަން ހެޔޮ ވާ ވަރު އެއްޗެއް ނޫނެވެ.

ވެރިކަމެއް ދޭއިރު، އެމީހަކު، އެ ތަހުތާއި ހަވާލުވުމުގެ ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ބަލާލުން ވަރަށް މުހިންމެވެ. މިހެން ބުނުމުން ވިޔަފާރިވެރިންނޭ ހިތަށް އަރާފާނެ. އެހެންނެއް ނޫން، މި ބުނާ މަސައްކަތްތަކަކީ، ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ މަސައްކަތްތައް، ނުވަތަ ރާއްޖެއަށް އަދި ދިވެހިންނަށް މަންފާއާއި ލާބަ ހޯދައިދިނުމުގެ ނަމުގައި ކޮށްފައިވާ މަސައްކަތްތަކެވެ.

ވެރިއެއްގެ ގޮތަށް ހޮވަންވާނީ މަގާމުގެ ދަހިވެތި ކަމުގައި ކެމްޕެއިން ކުރާ މީހާގެ ބަދަލުގައި އިސްވެ ބަޔާން ކުރެވުނު ފަދައިން ޖުމުލަކޮށް ގައުމެއް ނުވަތަ މުޖުތަމައެއްގެ މަންފާއާއި ލާބައަށް ވިސްނައި، އެފަދަ މަސައްކަތްތަކުގައި، ބަޔަކު ނުބުނި ކަމަށްވީނަމަވެސް އަހުލުވެރިވެ، އެކަމާއި އުޅެމުންދާ މީހެކެވެ. މި އުސޫލަކުން ބަލައިފިނަމަ، އެ މީހަކު ވެރިކަމަށް އައިސް ކުރަނީ އެ މީހެއް އެ ލިބުމުގެ ކުރިންވެސް ކުރަމުން އައި މަސައްކަތެކެވެ. ހަމައެކަނި ތަފާތަކީ ރައްޔިތުންގެ ނަޒަރު އެމީހެއްގެ މައްޗަށް ހިނގާކަމެވެ.

އަޅުގަނޑުމެންނަށް ހީވެފައިވާ ގޮތުން، އެއްވެސް ވެރިއަކީ އިހުލާސްތެރި މީހަކަށް ނުވާނެއެވެ. އެގޮތުން ޕޮލިޓިކްސް އިޒް އަ ޑާޓީ ގޭމް އޭ ބުނުމުން އެންމެނަށްވެސް އެއްބަސްވެވެއެވެ. އެހެން ނަމަވެސް، އިސްލާމީ ތާރީހަށް ބަލައިފިނަމަ، މިއީ ހަގީގަތެއް ކަމަށް ބުނެވޭކަށް ނެތެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: