ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާންގެ ބޮޑު ސުވާލު: ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކާނީ ކޮން ޕާޓީއެއް!

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ އިންތިހާބަށް ސިޔާސީ ޕާޓީތަކުން މަސައްކަތް ފެށިއިރު، ރައްޔިތުން ބަލައިގަންނަ ސިޔާސަތެއް ވިއްކާނީ ކޮން ޕާޓީއެއްތޯ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހަބާއި ދެމެދު މަދު ދުވަސްތަކެއް ބާކީ އޮތްއިރު، މިހާތަނަށް އިންތިހާބުގެ މަސައްކަތްތައް ފަށައި ކެނޑިޑޭޓު އިއުލާނު ކުރި ހަމައެކަނި ޕާޓީއަކީ އިދިކޮޅު ކޮންގްރެސް ކޯލިޝަނެވެ. ނަމަވެސް އިމްރާންގެ ޓުވީޓު އަމާޒު ކުރެއްވީ އިދިކޮޅަށްކަމަށް ނުބެލެވެ އެވެ. އެއީ އިމްރާން ޓުވީޓު ކުރައްވާފައި ވަނީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ނިމުނުތާ މާ ގިނައިރުތަކެއް ނުވެކަމަށް ވުމުންނެވެ.

ބޮޑެތި ކޯޅުންތަކާއި ދެބަސްވުންތައް ފެނިގެންދާނެކަމަށް ބެލެވުނު ކޮންގްރެސް އެފަދަ ކަމެއް ނުހިނގައި ނިންމާލެވުން އެއީ ލިބުނު ކާމިޔާބީއެއްކަމަށް ޕާޓީގެ ލީޑާޝިޕުން ވަނީ ކޮންގްރެސް ނިންމާލުވުމުގެ ރަސްމިއްޔާތުގައި ފާހަގަކޮށްފަ އެވެ. އަދި އިއްޔެ ކޮންގްރެސް ނިންމަވާލެއްވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމްޑީޕީއަށް 2023 ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަަ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޯލިޝަނާއި އެކު ކުރިޔަށް ދިއުމުގެ ވިސްނުން ގެންގުޅުއްވި ރައީސް ސޯލިހު އިއްޔެ “ސަންގު” އަށް ވިދާޅުވީ ދައުރު ނިމޭއިރު ކޯލިޝަން އެކުގައި އޮވެދާނެކަމަށް ނުބެލެވޭކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ އެހެން ޕާޓީތަކުން ވެސް ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ފަށައި ކެނޑިޑޭޓެއް ދެއްކުމެވެ.

އިންތިހާބާއި މެދު ޕާޓީތަކުން ގޮތެއް ނިންމާނެކަމަށް ބެލެވިފައިވާ ވަގުތެއްގައި ޓުވީޓެއް ކުރައްވައި އިމްރާން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކުލަތައް މަޑުމަޑުން ފެންނަން ފަށާފައިވާކަމަށެވެ. އަދި އެކި ޕާޓީތަކުން އެކި ސިޔާސަތުތައް ވިއްކަމުންދާއިރު ކޮންމެ ޕާޓީއެއްގެ ވެސް ވިސްނުން ތަފާތުވާނެކަން ރައްޔިތުންނަށް އެނގޭކަމަށް އިމްރާން ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިޚާބުގައިވެސް ކޮންމެވެސް ކެންޑިޑޭޓަކާއެކު އަދާލަތުން ކޯލިޝަން ހަދައި ސަރުކާރުން ގޮނޑިތަކެއް ކަށަވަރުކުރުމަށް މަސައްކަތް ކުރާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: