ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބުރިޖުން ގެއްލުންވީ ހަމައެކަނި ފަރަކަށް ނޫން, މުޅި ދައުލަތަށް: ޖާބިރު

ޖާބިރުގެ ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ހުކުމް ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބުރިޖުގެ ސަބަބުން ހަމައެކަނި ގެއްލުންވީ ވިލިމާލޭގެ ފަރަށް ނޫންކަމަށާއި މުޅި ދައުލަތަށްކަމަށް ކާށިދޫ ޑާއިޜާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތްކުރުމަށްޓަކައި ބޭނުންކުރަމުން ދިޔަ ޕްލެޓުފޯމެއް ވިލިމާލެ ފަރަށް އަރައި، ވިލިމާލޭގެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނައިރު ހަފްތާއެއްހާ ދުވަސްވެފައިވާއިރުވެސް، އެ ޕްލެޓުފޯމް ފަރުގެ މަތިން ނަގާފައިނުވާތީ، ފަރަށް ލިބެމުންދާ ގެއްލުންތައް ހުއްޓުވުމަށް އެދި ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމު ވަނީ ކުއްލި މައްސަލައެއް މިއަދުގެ މަޖިލީހަށް ހުށައަޅާފައެވެ.

ބްރިޖުއަޅަން ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރައި، ގެއްލުންތަކެއް ލިބުނީ މިދިޔަ އަންގާރަ ދުވަހު އެންކަރަށް ދިމާވި މައްސަލައަކުންކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން މީޑިއާތަކަށް ވަނީ މައުލޫމާތު ދީފަ އެވެ. މިނިސްޓްރީން ބުނީ ހާދިސާ ހިނގީ ވިލިމާލޭގެ އިރު ދެކުނު ކަންމަތީ ޖަހާ ބްރިޖު ތަނބުގެ މަސައްކަތް ކުރުމަށް ޕްލެޓްފޯމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ޕްލެޓްފޯމް އެންކާރ ކުރަން އުޅުމުގެ ތެރޭގައި އެންކާއަށް ޓެކްނިކަލް މައްސަލައެއް ދިމާވީކަމަށް ބުންޏެވެ.

ހާދިސާ ހިނގިތާ އެތައް ދުވަހެއްވީއިރު، އަދިވެސް އެ ޕްލެޓްފޯމް އެތަނުން ނަގާފައި ނުވެއެވެ.

މި މައްސަލައަށް ބަހުސްކުރުމުގެ ފުރުސަތުގައި ވާހަކަދައްކަވަމުން ޖާބިރު ވަނީ އިންޑިއާއިން ރާއްޖޭގައި ތިލަމާލެ ބުރިޖުފަދަ ބޮޑު މަޝްރޫއެއް ހިންގުމަށްޓަކައި ދައުލަތުގައި ފައިސާ ނެތް ނަމަވެސް ހަރަދުކުރަމުންގެންދާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

” އަޅުގަނޑު ވަރަށް ބޮޑަށް އިންޑިއާ ސަރުޚާަރށް ޝުކުރު ދަންނަވަން، ރާއްޖޭގަިއ މިފަދަ ބޮޑު ޕްރޮޖެކްޓއެއް އިންޑިއާއިން އިސް ނަގައިގެން އެއްވެސް ޖަނަޥާރަކުވެސް އަދި އިންސިއަކުވެސް ނޫޅުނު އެތަނަކަށް އެހާ ބޮޑު ދައުލަތުން ފައިސާ ނެތް އިރެއްގައިވެސް އިންޑިއާއިން ސީދާ ލާރިވެސް ދީގެން ޓެކޮނޮލޮޖީވެސް ދީގެން ވަރަށް އުފެއްދުންތެރި ބުރިޖެއް އަޅަމުންދާތީ”

އެ ޕްލެޓުފޯމް ފަރަށް އެރުމާއި ގުޅިގެން ޖާބިރު ގޮޥާލެއްވީ ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ނިކުމެއް އެ ސަރަހައްދުން ޕްލެޓުފޯމް ނެގުމަށެވެ.

“ވިދާޅުވާނެ ތިމަންނަމެން އަތުގަ ނެތޭ ވަސީލަތެއް، އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ނެތް ޑުރޯނެއް ނެތް، އިންޑިއާއިން ކުއްޔަށް ހިފައިގެން މިއުޅެންޖެހެނީ، އެހެންވެއްޖެއްޔާ އެހެން ނަަހަދާށޭ”

ޖާބިރު ވިދާޅުވީ ދިވެހި އަސްކަރިއްޔާ އެ ހަކަތަ ހުންނަން ޖެހޭނެކަމަށެވެ.

ޕްލެޓްފޯމް ފަރަށް އރީތީ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި އެފްކޮންސް ޖޫރިމަނާކޮށް އަދަބު ދިނުމަކީ ހައްލުނޫންކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

“އަދަދު ކަނޑައަޅައިގެން މިލިއަނުން މިލިއަނުން ޖޫރިމަނާ ނަގައިގެން، އެއަށް ގަނީ ކޯއްޗެއްހޭ، ސުވާލަކީ މިއަދާއި ހަމައަށް މި ރާއްޖޭގައި ސަލްވޭޖް ކުރުމަށްޓަަކައި އަދި ަފރުތައް ޖޫރިމަނާ ކުރުމުގެ ސަބަބުން ލިބުނު ލާރިއަށް ކީއްހޭ ކުރީ”

ގާބިރުގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވީ 1 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ވިލިމާލެ އާއި ތިލަފުށި އާއި ދެމެދު ބުރިޖެއް އެޅަން ބަލާއިރު އެ ބުރިޖު ބޭނުންކުރާނެ ބައެއް ނެތްކަމަށެވެ. ކުއްލި މައްސަލާގައި ހަމައެކަނި ފަރަށް ގެއްލުންވީކަމަށް ފާހަގަކޮށްފައިވީ ނަމަވެސް މުޅި ދައުލަތަށްވެސް ގެއްލުން ވެފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ގެއްލުންވަނީ ކީއްގެންކަމަށް މެންބަރުގެ ވާހަކައިގައި ތަފްސީލެއް ނުކޮށްދެއްވައެވެ.

އެހެން ނަމަވެސް ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، މި ސަރުކާރުން ބޮޑެތި ލޯނުތަކެއް ނަގައި ބުރިޖެއް އެޅުމުގެ މަސައްކަތް ފެށުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ މިއީ އެފަދަ ހަރަދެއް ކުރުމަށް އެންމެ މުނާސަބު ދަނޑިވަޅު ނޫންކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: