ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓުތައް ހެކީގެ ގޮތުގައި ބަލައިގަތުމަށް ހައިކޯޓުން އަމުރުކޮށްފި

ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)/ ފޮޠޯ: ސިމްބޮލިކް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލައިގައި ގިނަ ދައުވާތަކެއް އުފުލާފައިވާ، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) އާއި ދެކޮޅަށް ހުށަހެޅި އޭނާގެ ބޭންކް ސްޓޭޓްމަންޓު ފުލުހުން ހޯދީ ގާނޫނާއި ހިލާފަށްކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޕެސްޓު ހައްޔަރުކޮށް އޭނާގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައިގައި ގިނަ ދައުވާތަކެއް ވަނީ އުފުުލާފަ އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން މި މަހު ނިންމި ނިންމުމެއްގައި ވަނީ ޕެސްޓާއި އޭނާއާއި އެކު މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާކަމަށާއި، އެއީ ގާނޫނާއި ހިލާފު އަމަލެއް ކަމަށެވެ. މި ސްޓޭޓުމަންޓުތައް ފުލުހުން ހޯދި ގޮތް އެނގެން ނެތްކަން ފާހަގަކޮށް، ކޯޓުގެ ނިންމުމުގައި ވަނީ ފުލުހުން ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓް ހޯދީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ސިޓީއަކުން އެދިގެން ކަމަށް ފުލުހުން ބުނި ނަމަވެސް، އާންމު ބޭންކް ސްޓޭޓްމަންޓްތައް ބޭންކްތަކުން ދޫކުރަނީ ބޭންކް ސިޓީއަކާ އެކު ކަމަށާއި އެކަމަކު އެ މައްސަލައިގައި އެފަދަ ސިޓީއެއް ވެސް އޮތްކަން އެނގެން ނެތް ކަމަށެވެ.

ބޭންކިން ގާާނޫނުގެ ދަށުން ބައެއް މައުލޫމާތުތައް ދޭން އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ވީނަމަވެސް، ބޭންކު ސްޓޭޓްމަންޓުތަކާއި އެ އެކައުންޓުތަކުގެ މުއާމަލާތްތަކުގެ ތަފްސީލެއް ނުހޯދޭނެ އެވެ. އެހެންވެ، ޕޭސްޓާއި ދެކޮޅަށް ހުށަހެޅި ބޭންކު ސްޓޭޓްމަންޓު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ކޯޓުން ނިންމީ އެވެ.

ދަށު ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ނިންމީ ފުލުހުން ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓް ހޯދީ ގާނޫނާ ހިލާފަށްކަމަށް އެނގެން ނެތް ކަމަށެވެ. އަދި ބޭންކިން ގާނޫނުގައި ބުނާ “ކަސްޓަމަރުންގެ އެކައުންޓްތަކާއި ބެހޭ އެއްވެސް މައުލޫމާތެއް” އެ ގާނޫނުގެ މާއްދާގެ މާނައިގެ ތެރޭގައި އެކައުންޓް ސްޓޭޓް މަންޓް ނުހިމެނޭ ކަމަށް ވެއެވެ.

ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ބޭންކް ސްޓޭޓްމަންޓުތައް ހެކީގެ ގޮތުގައި ބަލައިގަތުމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: