ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދު ހަރުދަނާވެ ސިނާއަތްތައް ކުރިއަރާނީ ދިރާސާތަކުގެ އެހީގައި: ފައިސަލް

ނައިބު ރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޤުތިޞާދު ހަރުދަނާވެ ސިނާޢަތްތައް ކުރި އެރުމާއި، މުޖުތަމަޢު ބިނާކުރުމަށްވެސް ދިރާސާތަކުގެ ސަބަބުން އެހީތެރިކަން ލިބިގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ، “ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2022” އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަގައި ފައިސަލް ވިދާޅުވީ ސިޔާސަތުތައް އެކަަށައެޅުމާއި ހިންގުމުގައި ރަނގަޅު ޢިލްމީ ދިރާސާތަކުގެ ސަބަބުން ހޯދޭ ނަތީޖާ ރަނގަޅު ކަމަށާއި، ޤައުމު ބިނާކުރުމުގައި ދިރާސާތަކާ ގުޅުވާލަންޖެހޭކަމަށެވެ.

މިފަހަރުގެ ކޮންފަރެންސްގެ ޝިޢާރެއްގެ ގޮތުގައި ޤައުމު ބިނާކުރުމަށް ދިރާސާކުރުން ކަނޑައަޅާފައިވާއިރު، ފައިސަލް ވަނީ ޤައުމީ ތަރައްޤީގައި ދިރާސާތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސަރޗް ޑިވެލޮޕްމެންޓް އޮފީހުން އިންތިޒާމްކޮށްގެން މިކޮންފަރެސް ބާއްވަމުން އަންނަތާ މިއީ 5 ވަނަ އަހަރެވެ. މިއަހަރުގެ ކޮންފަރެންސް ކުރިޔަށްދާނީ އޮގަސްޓް 22 އިން 23 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ.

ދިރާސާއަކީ ނިންމުންތައް ނިންމުމުގައި އެހީވެދޭ ކަމެއް ކަމަށާއި، އާބާދީއަށް ދިމާވާ މައްސަލަތައް ދެނެގަނެވޭ ސަބަބެއްކަމަށް ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ  ފަޤީރުކަމާއި، ވަޒީފާ ނެތުމާއި، ހަމަހަމަކަން ނެތުންފަދަ ޒަމާންވީ މައްސަލަތައް ހައްލުކުރުމަށް ދިރާސާތަކަކީ އެހީއެއްކަމަށެވެ. އަދި އިޤުތިޞާދު ހަރުދަނާވެ ސިނާޢަތްތައް ކުރި އެރުމާއި، މުޖުތަމަޢު ބިނާކުރުމަށްވެސް ދިރާސާތަކުގެ ސަބަބުން އެހީތެރިކަން ލިބިގެންދާ ކަމުމަށް ފައިސަލް ވިދާޅުވިއެވެ. އަދި ދިރާސާ އަކާއި ނުލައި ތަރައްޤީއަށް ކުރެވޭ މަސައްކަތަކުން ނަތީޖާ ނުނެރެވުން ގާތްކަމަށް ފާހަގަކުރައްވާފައިވެއެވެ. ޤައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީވެސް، ޢިލްމީ ދިރާސާތައް ކަމަށް ވިދާޅުވެ ފައިސަލް ފާހަގަކުރެއްވީ ޒަމާނީ އައު ހޯދުންތަކާއި އީޖާދުތަކަށް މުޖުތަމަޢު ވާޞިލްކޮށްދެނީ ދިރާސާތަކުން ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ސަރުކާރުތަކުންވެސް ސިޔާސަތުތައް ހަރުދަނާކޮށް ކުރިއެރުވުމަށް، ދިރާސާތަކުގެ އަޑުތައް އައްސަވާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި އެ ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ބަދަލުކުރެވޭ ތަޖުރިބާތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީ އަށާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އީޖާދީ ހައްލުތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

މިފަހަރުގެ ކޮންފަރެންސްގެ ޝިޢާރެއްގެ ގޮތުގައި ޤައުމު ބިނާކުރުމަށް ދިރާސާކުރުން ކަނޑައަޅާފައިވާއިރު، ފައިސަލް ވަނީ ޤައުމީ ތަރައްޤީގައި ދިރާސާތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: