ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންގެ އަދަދު އިތުރު ނުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށައަޅައިފި

ގާސިމް އަބަދުވެސް އިންކަމް ޓެކްސްއަށް ފާޑުވިދާޅުވެ ވާހަަކަ ދައްކަވާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރު ނުކުރެވޭ ގޮތް  ހެދުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށައަޅައިފިއެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) ގައި މިހާރު ބަޔާންކޮށްފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް މެމްބަރަކު ކަނޑައަޅަންވާނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ 5000 އިތުރުވާނަމަ އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް މެމްބަރެއް ހޮވަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު 87 ގައި ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާޙު ހުށައަޅުއްވާފައިވަނީ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެން މައްޗަށް ދާނަމަ ނުވަތަ އެއަދަދު ހުއްޓުމެއްނެތި އިތުރުވަމުންދާނަމަ އެއީ ރާއްޖެފަދަ ކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް ބޭނުންވާ ވަރަށް ވުރެން މާގިނަ އަދަދެއް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

” އިގްތިސާދީ ގޮތުންނާއި އަދި އެނޫން ވެސް ގޮތްގޮތުން ގޮންޖެހުންތަކެއް މިކަމުގައި ކުރިމަތިވާނެތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅާ ގާނޫނު އަސާސީން ނިންމާފައި ބޭއްވުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ މި އިސްލާޙު ހުށައަޅަނީ.” ގާސިމް

ގާނޫނު އަސާސީ 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު އިސްލާހުކުރެވުނު ފަހުން މިހާތަނަށް ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވުނު 17 ވަނަ މަޖިލީހަށް 77 މެމްބަރުން އިންތިހާބު ކުރި އިރު 2914 ވަނަ އަހަރު ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް 85 މެމްބަރުން އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހަށް 87 މެމްބަރުން ވަނީ އިންތިހާބު ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: