ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިވާތު ކުރުން ބޮޑު ކުށަކަށް ހަދަން ގާސިމް ހުށައެޅީ، ސިޔާސީ ގޮތުން “ސްކޯ” ކުރުމަށް: ޖަމީލު

ޑރ.ޖަމީލް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި އެކު: ފޮޓޯ ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ލިވާތު ކުރުން ފަދަ އަމަލުތައް ބޮޑު ކުށަކަށް ހެދުމަށް ހުށައެޅުއްވީ، ސިޔާސީ ގޮތުން، މަންފާތަކެއް ހާސިލު ކުރެއްވުމަށްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުންހިންގާ މީހުންނަކީ މުޖުތަމައުއަށް ނުރައްކާތެރި ބައެއް ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށާއި، އެފަދަ މީހެއްގެ ފަރާތުން އެކަމުގެ އަސަރު ނުވަތަ އެފަދަ މީހެއްގެ ވަސްވާސް، އެމީހާގެ އާއިލާއަށާއި މުޅި މުޖުތަމައު އަށް ވެސް ފޯރާނެ ކަމަށާއި، އެފަދަ މީހުން މުޖުތަމައުއިން އެކަހެރި ކުރުމަކީ މުހިންމު ކަމެއް ކަމަށް ގާސިމްވަނީ ވިދާޅުވެފައެވެ.

ގާސިމްގެ ވާހަކަތަކަށް އިޝާރާތްކުރައްވާ، ޖަމީލު ވިދާޅުވީ، އިސްލާމް ދީނުގައި ހަރާމްކޮށްފައިވާ ބޮޑެތި ކުށްތައް، އާންމުވެގެންދިޔަ އިރު، ގާސިމް އަދި ޖުމުހޫރީ ޕާޓީ ތިބީ، ސަރުކާރުގެ ކޯލިޝަނާއިއެކު ކަމަށެވެ. އަދި ގާސިމް މުޖުތަމައާއި މެދު، ތެދު ނިޔަތެއް ގެންގުޅުއްވާނަމަ، މުޖުތަމައުގެ ތެރޭގައި ކަންކަން ގޯސްވެގެންދިޔަ އިރު، ބިރަކާއި ނުލައި މަޖާކުރާ ފިކުރާއިއެކު،  ބޮއްސުންލައިގެންދާއިރު، ގާސިމް ނުހުންނަވާނެކަމަށްވެސް އެނާ ފާހަގަކުރައްވިއެވެ.

މީގެ އިތުރުން ޖަމީލު ވަނީ، ގާސިމްގެ ހުށަައެޅުއްވުމަކީ، ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ މަގުސަދުގައި ހުށައަޅުއްވާފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން ޖަމީލު ވިދާޅުވީ،  އެނާއަށް ގަބޫލު ކުރެވޭގޮތުން، ޖުމުހޫރީ ޕާޓީތަކުން ދައްކާ ވާހަކަތަކަކީ، ސިޔާސީ ގޮތުން “ސްކޯ” ކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.

ޖަމީލުގެ ފާޑުކިޔުންތައް ގާސިމް އަދި ޖުމުހޫރީ ޕާޓީއަށް އަމާޒުވިއިރު، ދާދި ފަހުން، ގިނަ އަދަދެއްގެ މީހުން އެއްޖިންސުން ގުޅުހުން ހިންގަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރު ކުރެވިފައިވެއެވެ. އަލަމްގިރި ކިޔާ ބަންގްލަދޭޝް ފިރިހެނަކާއި އެކު، އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި، ލޯޔަރު ނާޒިމް ސައްތާރު، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު، ފުލުހުންގެ މީހަކު، އަދި ނޫސްވެރިޔަކާއި، ސަރުކާރުގެ އޮފީސްތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުންވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިސްލާހު ހުށަހަޅައިގެންވެސް ސަލާމަތެއް ނެތް.
    އިސްލާހެއް ނެތިގެން ނޫނީ ކުރިން އޮތް އިސްލާހު އެއަށްވުރެން ރަނގަޅުކުރަންތާ އެ ހުށަހަޅަނީ
    މުޅިންވެސް ސިޔާސީވާން ޖަމީލުވެސް ތި ބޭނުންވަނީ
    ސޭޓު ކުރިޔަސް ރަނގަޅިއްޔާ ބަލައިގަންނަން ޖެހޭނެ
    އަންނި ކުރިޔަސް ރަނގަޅިއްޔާ ބަލައިގަންނަން ޖެހޭނެ
    މިއުޅެނީ މިކަންތައް ނުހުއްޓިގެން ވިއްޔާ
    މާދަމާވެސް އަލަމްގިރި ދޫކޮށްލާއިރަށް ބުނާނެ ފުލުހުންނަށް މިކަމެއް ނުހުއްޓުވޭނޭ
    ބަލަ އެމީހުންވެސް ކަންކުރާނެ ގޮތެއް އޮންނާނެތާ
    މިކަހަލަ ކަން ކަން ރަނގަޅުކުރާކަށްނު މި ވެސް ހުށަހެޅީ އެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: