ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ސާލިހަށް އަމާޒުވި ހަމަލާއަކީ ސިޔާސީ ފަރާތްތަކަށް އަމާޒުކޮށްދިން ހަމަލާއެއް

ޖޭޕީގެ ތަރުޖަމާނު އަލީ ސާލިހު: ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު  އަލީ ސާލިހުގެ ފުރާނައަށް އަމާޒުވި ހަމަލާއަކީ ސިޔާސީ މަސައްކަތްތަކާއި، އެކަމާއިގުޅުން ހުރި މަސައްކަތް ތަކުގައި ހަރަކާތްތެރިވާ ކޮންމެ މީހަކަށްވެސް ހަމަލާތަކެއް އަމާޒުވެދާނެކަމުގެ އިންޒާރެއްކަމަށް   އަލީ ސާލިހު ވިދާޅުވެއްޖެއެވެ.

22 އޯގަސްޓް ވީ ހޯމަދުވަހުގެ މެންދުރު ހުޅުމާލެ މަގުމަތިން އަލީ ސާލިހަށް މަރުގެ އިންޒާރުދީ ތޫނު އެއްޗަކުން (ކުރަފަތަކުން) ހަމަލާ ދިން މައްސަލައިގައި އޭނާ ވިދާޅުވީ އެ ހަމަލާއަކީ ކޮންމެ ފެންވަރެއްގެ ސިޔާސީ ބޭފުޅެއް، ނޫސްވެރިކަމުގަ ހަރަކާތްތެރިވާ ފަރާތެއް ނުވަތަ ޖުމްލަކޮށް އެފަދަ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ އެންމެންނަށް ކޮންމެފަދަ ވަގުތެއްގައިވެސް ކުރިމަތިލާން ޖެހިދާނެ ބިރުވެރި އަނިޔާވެރިކަމުގެ އިންޒާރެއް ކަމަށެވެ.

އަލީސާލިހަށް އަމާޒުވި ބިރުވެރި ހަމަލާގައި ހިމެނޭ މީހާއަކީ ފަހަކަށް އައިސް މުޖުތަމައުގެ ފަރުދުންނަށް ނުރައްކަލަށް ހާއްސަކޮށް ސިޔާސީ ފަރާތްތަކަށް ބިރުދައްކަމުން ސަރުކާރު އޮފީސްތަކަށް ވަދެ ބިރުދައްކަމުން އަދި ފުލުހުންނަށް ސީދާ ގޮތެއްގައި ތަފާތު މަރުގެ އިންޒާރާއި ބޮމުގެ އިންޒާރު މިދިޔަ ދުވަސްތަކުގައި ދެމުން ގޮސްފައިވާ މީހެެއްކަމަށް ފާހަގަކޮށް އެނާވަނީ، އެކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަން ހުރިއިރު އޭނާ ދޫކޮށްލާފައިވަނީ ކީއްވެގެންކަމާމެދު ސުވާލު ނުއުފެދޭތޯ ވިދާޅުވެފައެވެ.

އެނގިގެންހުރި އަދި ފެންނަން ހުރި އެކިއެކި މައުލޫމާތަށް ބަލާއިރު ހަމަލާދިން މީހާ އަކީ ސިކުންޑީގެ އުނިކަމެއް ހުރި މީހެއްކަމަށް ބުނެ ޑޮކްޓަރަކު ދޭ ލިޔުމަކަށް އެކަނި ބަރޯސާވެ އިތުރު ޑޮކްޓަރަކު ދޭ ލިޔުމަކަށް އެކަނި ބަރޯސާވެ އިތުރު ޑޮކްޓަރުން ނުވަތަ މެޑިކަލް ބޯޑުން ނަމަވެސް އިތުރަށް ނުބަލައި ނުރައްކާތެރިކަމަށް ފެންނަން އޮތް މީހަކު އާއްމުކޮށް ދޫކޮށްލާފައި ހުރުމަކީ މުޅި މުޖުތަމައަށް އޮތް ބިރެއްގެ އިތުރުން ނުރައްކަލެއް ކަމަށްވެސް އަލީ ސާލިހު ވަނީ ވިދާޅުވެފައެވެ.

ސިކުނޑީގެ އުނިކަމެއް ހުރި މުޖުތަމައުއަށް ނުރައްކާތެރި މީހުން ތިބެންވާނީ ދައުލަތުގެ ހާއްސަ ބެލެހެއްޓުމުގެ ދަށުގައި ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ. އަދި ގައުމާއި ރައްޔިތުންގެ އަމަން އަމާންކަން ގާއިމުކުރުމަށް މަސައްކަތްކުރާ މުއައްސަސާތަކާއި އަދުލު އިންސާފު ގާއިމުކުރުމުގައި ޝާމިލުވާ އެންމެހައި މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އޮންނާނީ އޭރުން ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

ރާއްޖޭގައި މޫލާފައިވާ ނުރައްކާތެރި ވިއުގަތަކުގެ މީހުންގެ ކިބައިން ގައުމު ސަލާމަތްކުރުމަށް ލޮބުވެތި ހުރިހާ ރައްޔިތުން ގުޅިގެން އެއްބާރުލައިގެން މަސައްކަތް ކުރުމަކީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމާއި އެކަންކަމަކީ ހަލުވި ދުވެއްޔެއްގައި ކުރަންޖެހޭ ކަންކަން ކަމަށް އަލީ ސާލިހު ފާހަގަކުރައްވާފައެވެ.

އަލީ ސާލިހު ވަނީ އެބޭފުޅާ ޒަހަމްވުމާއި ގުޅިގެން ހާލު ބެއްލެވި އަދި ހެޔޮއެދިވަޑައިގެންނެވި އެންމެ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން އެނާ އާއި އާއިލާގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން އަލީ ސާލިހަށް ދިމާވިފަދަ ނުރައްކާތެރި ކަމެއް އެހެންފަރާތަކަށް ދިމާނުވުމަށް އެދޭކަމަށްވެސް އެނާ ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް އަމަންއަމާންކަން ކަށަވަރުވެ ގައުމުގައި ސުލްހަމަސަލަސްކަން ދެމިއޮތުމަށް އެދޭކަމަށް އެނާގެ މެސެޖުގައި ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: