ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިމާޒަށް ރައްދު ދޭހާ ރިލަވަންޓެއް ނޫން، ސިޔާސީ އެ ބުރަދަން ވެސް ނެތް: އަލީ ސޯލިހު

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަކީ ސިޔާސީ ގޮތުން “ރިލަވަންޓް” މީހެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާން އަދި އެންވަޔަރަމަންޓް މިނިސްޓީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ސާލިހު ވިދާޅުވީ ސިމާޒް އަކީ ސިޔާސީ ގޮތުން ރިލަވަންޓް ބޭފުޅެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ޝިމާޒަކީ ސިޔާސީ ގޮތުން ބަޔަކު ޖައްސާލަން ޖެހޭ ވަރުގެ ސިޔާސީ ބުރަދަނެއް ހުރި މީހެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިމާޒް އަކީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައި ހުރި ބޭފުޅެއް ކަމަށްވުމުން ގިނަ ނޫސްވެރިންނާ ގާތްކަން އޮންނާނެ ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ. އެހެންކަމުން ޝިމާޒް ވިދާޅުވާ ކޮންމެ އެއްޗެއް ލިޔަން ތިބޭ ނޫސްވެރިން އެކަން ކުރާނެ ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ. އަދި ސިމާޒް އާ ބެހޭގޮތުން ލިޔާހާ ވާހަކައެއް މުހިއްމު ނޫން ކަމަށްވެސް އަލީ ސާލިހު ވިދާޅުވިއެވެ.

ޝިމާޒް އާ ބެހޭގޮތުން ނޫސްތަކުގައި ލިޔާހާ ވާހަކަތަކަށް ޖަވާބުދޭން ވެއްޖެނަމަ އެނޫންކަމެއް ނުކުރެވޭނެ ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

އަލީ ސާލިހު ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީގައި ހިނގަމުންދިޔަ ކަމެއް ޖުމްހޫރީ ޕާޓީތެރޭގައި ނުވެސް ދައްކާނެ ކަމަށެވެ.

ސަރުކާރު ހިންގުމުގެ ކަންކަމުގެ ތެރޭގައި ވަޒީރަކަށް ކަމެއް ފާހަގަކުރެވިއްޖެނަމަ ހާއްސަކޮށް ސިޔާސީ ބޭފުޅެއްގެ ކަންކަން ފާހަގަކުރެވިއްޖެނަމަ ކަންކަން ކުރައްވާނީ އެވަޒީރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި އަލީ ސާލިހު ވިދާޅުވީ އެބޭފުޅާ މަސައްކަތް ކުރައްވާ ވުޒާރާ ކަމަށްވާ އެންވަޔަރަމަންޓް މިނިސްޓްރީގެ މިނިސްޓަރު އާމިނަތު ޝައުނާ، އަލީ ސާލިހާ މެދު ކަމެއް ފާހަގަ ކުރެވޭނަމަ އެކަން އިސްލާހު ކުރުމަށް ބުނުމުން އެކަން އިސްލާހު ނުވެއްޖެނަމަ މަގާމުން ދުރުކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީ ފޮނުއްވާނެ ކަމަށެވެ. ސަބަބަކީ ސިޔާސީ މަގާމް ތަކަށް އައްޔަނުކޮށްފައި ތިއްބަވާ ބޭފުޅުންނަކީ  ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން  ރައީސް އައްޔަން ކުރައްވާ ބޭފުޅުން ކަމަށް ވާތީ ކަމަށްވެސް އަލީ ސާލިހު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ލިޔުމެއް ރައީސް އޮފީހަށް ހުށައެޅުނު ވާހަކަ އަޑުއިވުމުން އެއީ ޒާތީވުން ކަމަށް ބުނާ ކަމަށާއި އެނޫން އެހެން ވާހަކައެއް ދެއްކެން ނެތް ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: