ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ހިދުމަތުގެ ޝުކުރު ހައްގުވާ ލީޑަރަކީ ގާސިމް: އަލީ ސޯލިހް

ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 13 އަހަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ޚިދުމަތުގެ އެންމެބޮޑު ޝުކުރެެއް ޙައްޤުވާ ސިޔާސީ ލީޑަރަކީ ޖުމްހޫރީ ޕާޓީ (ޖޭ.ޕީ)ގެ ލީޑަރ ގާސިމް އިބްރާހިމް ފިޔަވައި ދެވަނަ ބޭފުޅެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވުވެއްޖެ އެވެ.

އަލީ ސޯލިހް ވިދާޅުވީ މިއަދަކީ ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ވާސިލުވި އަދި ރާއްޖޭގައި މިހާތަނަށް އެކުލަވާލެވުނު އެންމެ ފުރިހަމަ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުނުތާ 13 އަހަރުވީ ދުވަސްކަމަށެވެ.

އަދި 2008 ވަނަ އަހަރުގެ އޮގަސްޓު މަހު 7 ވަނަ ދުވަހުގައި މިހާރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުނީ، ޤާސިމްގެ ރިޔާސަތުގަައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މިޤާނޫނު އަސާސީ އެކުލަވާލައްވަައި ފާސްކުރެއްވުމުންކަަމަށް އަލީ ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އަލީ ސޯލިހް ވަނީ މިދުވަހަކީ ގާސިމް ޖޭޕީއަށް ސޮއިކުރެއްވި ތާރީހީ ދުވަަސްކަން ފާހަގަކުރައްވައި މިދުވަހުގެ ތަހުނިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާމަށް ޝުކުރު އަރިސްކޮށްފައެވެ. 

މީގެއިތުރުން އެ ޤާނޫނުއަސާސީގައި، ދިވެހި ރައްޔިތުންނަށް ކުރިއެރުމާއި މަންފާ ހޯދައިދިނުމަށް  ޖޭޕީއިން ކުރާ މަސައްކަތްތަކަށް ހީނަރުކަމެއް ނާންނާނެ ކަމަށާއި، ރައްޔިތުންގެ ހެވާއި ލާބަޔަށް ކުރާ މަސައްކަތްތަކުގައި ޖޭޕީ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަލީ ސޯލިހް ވަނީ ދެއްވާފައެވެ.

އަލީ ސޯލިހް ވަނީ މިދަނޑިވަޅުގައި ކޮވިޑުގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: