ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ އުފާކުރަނީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތް މާޒީގެ ސަފްހާތަކަށް ލެވުމުން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އެންމެ އުފާކުރައްވާކަމަކީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތާއި، ފަލްސަފާ މާޒީގެ ސަފްހާތަކަށްލާ ޖަލަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ބަދަލުވެގެން ދިއުންކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ޕްރިޒަން ބޭސްޑް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިމްރާން ފާހަގަކުރެއްވީ މި ސަރުކާރު އައީ ޖަލުތައް ރިފޯމް ކުރުމުގެ އެޖެންޑާ ހިފައިގެންކަމަށާއި، އެ މަގަށް ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެކަމަށާއި މިއަދު މިއާދެވުނީ އޭގެތެރެއިން އެންމެ މުހިއްމު އެއް މަސައްކަތެއްގެ ނަތީޖާއާ ހަމައަށްކަމަށެވެ.

“އާދެ މިއަދު ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އަޅުގަނޑު އެންމެ އުފާކުރާކަމަކީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތާއި، ފަލްސަފާ މާޒީގެ ސަފްހާތަކަށްލާ، ޖަލަކީ އޯގާވެރިކަމާއެކު އަޅާލާ ތަނަކަށް ބަދަލުވެގެން ދިއުން. މިއަދު މިތިބީ އެނަތީޖާއާ ހަމައަށް އަޅުގަނޑުމެންނަށް އާދެވިފަ. އެކަމަށްޓަކައި އަޅުގަނޑުމެން އުފާކުރަން.”

މަސްތުވާތަކެތީގެ ހާލަތާއި ގުޅިގެން އިމްރާން ވިދާޅުވީ އެ ވަބާއަކީ ބައިޤަރުނެއްހާ ދުވަސްވީ ވަބާއެއްކަމަށާއި, މަސްތުވާތަކެތީގެ ވަބާ ބޮޑުވެ މުޖުތަމައުގެ ހުރިހާ އާއިލާތަކުގެ ތެރެއަށް ފެތުރި އެކަމާމެދު ހިތާމަ ނުކުރާ އާއިލާއެއް ނެތް ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. އަދި އެކަމުން އަރައިގަތުމަށް ވަރަށް ބުރަ، ގިނަ މަސައްކަތްތައް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ތެރެއިންނާއި މުޅި މުޖުތަމައުގެ ތެރެއިން އަދި ހުރިހާ ރައްޔިތުންގެ ތެރެއިން ކުރަންޖެހޭކަން އިމްރާން ފާހަގަކުރެއްވިއެވެ.

ކުށްމަދު އަމާން މުޖުތަމައުއެއް ޤާއިމްކުރަން ކުރަން ޖެހޭ ތިންކަމެއް ވާކަމަށް ވިދާޅުވެ ތަޖުރިބާކާރުންގެ ވާހަކަތަކަށް ރިއާޔަތްކުރައްވާ އިމްރާން ފާހަގަކުރެއްވި ތިންކަމަކީ ވަށާޖެހޭ ފުރިހަމަ ޤާނޫނަކާއި, އެޤާނޫނު ތަފާތުކުރުމެއްނެތި ހަމަހަމަކޮށް ފުރިހަމައަށް ތަންފީޒުކުރުމާއި, ފުރިހަމަ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގުންމެވެ. އަދި އެކަންތައްތަކާއި ނުލާ ކުށްމަދު މުޖުތަމައެއް ޤާއިމްނުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެތެރެއިން ތިންވަނަ ކަންތައް ކަމަށްވާ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ޚާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އެންމެ ޚާއްސަ މަސައްކަތެއްގެ ގޮތުގައި ބެއްލެވީވެސް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ވަރުގަދަކުރުންކަމަށެވެ. މިދައުރު ފެށިއިރު ރިހިބިލިޓޭޝަނަށް އެންމެ ރަނގަޅު ސަމާލުކަން ދެވިފައި ނެތްކަމަށާއި, ނަމަވެސް އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ރިހިބިލިޓޭޝަން ކޮމާންޑެއް އުފެއްދެވިކަމަށް ފާހަގަކުރައްވާ އިމްރާން ވިދާޅުވީ ކަރެކްޝަންގެ މުޅި އޮނިގަނޑަށް އެބަދަލުތައް ގެންނެވިކަމަށެވެ.

“މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިސްރާބު ހިފައިގެން މިތިބީ ރިހިބިލިޓޭޝަން ކޮމާންޑްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ ފުރިހަމަ ތައުލީމާއި, ތަމްރީނު ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމަށް.”

މިނިސްޓަރ ވިދާޅުވީ ރަނގަޅު ރިހިބިލިޓޭޝަން ނިޒާމެއް ޤާއިމްކުރެވޭނީ އެމަސައްކަތް ކުރެވިގެންކަމަށެވެ. އަމާޒަކީ ޖަލަށް ވަންނަ ކޮންމެ ޤައިދީއަކު ރިހިބިލިޓޭޓްވެގެން ނިކުތުންކަމަށް އިމްރާން ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނާ މުހާތަބުކުރައްވާ އިމްރާން އެދިވަޑައިގަތީ އެއްވެސް ބޭފުޅަކު, ޤައިދީއެއްގެ ގޮތުގައި މިހަތަރު (ޖަލުގެ) ފާރުގެ ތެރެއިން ނުފެނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: