ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެ ނޫނީ ހިލޭ ބިން ދޭ ގައުމެއް ނެތް: އަސްލަމް

ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ނޫނީ ރައްޔިތުން ދިރުއުޅުމަށް ހިލޭ ބިން ދޭ ގައުމެއް އޮންނަކަމަށް ގަބޫލު ނުކުރައްވާކަމަށް، ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ގޯތި ދިނުމުގެ އުސޫލާއިމެދު މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އޮންނަ އުސޫލަކީ، ރައްޔިތަކު ފުރާވަރު އުމުރަށް އެޅުމުން، ދައުލަތުން އެމީހަކަށް ބަނޑާރައިން ބިންކޮޅެއް ދިނުމުގެ އުސޫލުކަމަށެވެ. އަދި އެ ބިމަކީ ދިރިއުޅުމަށް ދޭ ބިމެއްކަމަށާއި، އެއީ ދިވެހިރާއްޖޭގައި އާދަ ކާދައިގެ ތެރެއިން އައިސް އަމަލުކުރަމުން އަންނަ ގޮތެއް ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ، ޒަމާނުއްސުރެ އަމަލު ކުރަމުން އައި އަނެއް ގޮތަކީ، ރަށަކުން ގޯތި ދިނުމުގައި އެ ރަށެއްގެ ރައްޔިތުންނަށް އިސްކަން ދިނުން ކަމަށެވެ. އަދި މާލެ ހިއްކި ޒަމާނުގައި، އަމިއްލަ މީހަކު ބިމެއް ހިއްކުމުން، އެއްބައި އެމީހެއްގެ ނަމުގައި އަނެބައި ބަނޑާރަ ނަމުގައި އޮންނަ ޒަމާނެއްވެސް ދިޔަ ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ. އަދި ފަހަކަށް އައިސް ހުޅުމާލެ ހިއްކައި، އެތަނުން ރައްޔިތުންނަށް ބިން ނުވަތަ ބިމެއްގައި ފްލެޓާއި އިމާރާތް އަޅައި ވިއްކާފައިވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

މާލެއިން ބިން ހިއްކި އިރު، އެހެނިހެން ރަށްތަކުގެ މީހުންނަށް، އަމިއްލައަށް ހިއްކި ސަރަހައްދުން ބައެއް މިލްކުވިކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، އެހެން ނަމަވެސް އަތޮޅު ތެރޭގައި ބިން ހިއްކުމުގައި އެފަދަ އުސޫލެއް ގެންގުޅެފައިނުވާކަމަށެވެ.

އަސްލަމް ވިދާޅުވީ، ހަގީގަތަކީ، ހުޅުމާލޭގެ ބިން ހިއްކުމަށް އަކަ މީޓަރަކަށް ޑޮލަރު ޖެހުނު މިންވަރަށް، އެހެން ރަށެއްގައި އެކަން ކުރީމަވެސް ހަރަދު ވާކަންކަމަށެވެ. އަދި މާލޭއިން ނުވަތަ ހުޅުމާލެއިން ބިން ދޫކުރާއިރު، އަގު ބޮޑުވާތީ، އެތަނުން ހިލޭ ނުދެވޭނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ބަނޑާރައިން ދީފައިވާ ގޯތިތަކާއިމެދު އިތުރަށް ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، އެ ގޯތިތަކަކީ، ދިރިއުޅުމަށް ދީފައިވާ ގޯތިތަކެއް ނަމަވެސް އެހެން ކަމެއް ކުރުމަށް މަނާ ކުރެވިފައިނުވާކަމަށެވެ. އަދި އެކަން ކުރަމުންދަނީ ގާނޫނުގައި ހުންނަ އަކުރު ތަކުގައި ހިފައިގެން ނޫންކަމަށްވެސް ފާހަގަކުރައްވާ، އެނާ ވިދާޅުވީ، އެހެން ނަމަވެސް ބައެއް މީހުން އެކި ދަނޑިވަޅުތަކުގައި އެކަމާއި ގުޅުވައިވެސް އެކި މައްސަލަތައް ފެންމަތި ކޮށްފައިވާކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ، އެއް ރަށަކަށް ނިސްބަތްވާ ބަޔަކަށް، އެހެން ރަށަކުން ބިން ލިބުން ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކޮށްފައިނުވާކަމަށެވެ. އަދި ދިވެހި ރައްޔިތަކަށް ވާނަމަ، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ބިމަކަށް އެދެވިދާނެކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެހެން ނަމަވެސް ރަށު ކައުންސިލުތަކުން ގޯއްޗާއިބެހޭ އުސޫލުތައް ކަނޑައަޅާ ހައުސިންގް އަށް ފޮނުވާފައިވާއިރު، އެކަން ކަނޑައަޅާފައިވަނީ ރަށަށް ނިސްބަތްވާ ރައްޔިތުންނަށް ގޯތިތައް ލިބޭނެ ގޮތަކަށް ކަމަށެވެ.

އަސްލަމް ވިދާޅުވީ، ރަށްވަންތަކަމަކީ ރަނގަޅުކަމެއް ކަމަށެވެ. އެހެން ނަމަވެސް، ހުރިހާ އެންމެނަކީވެސް ދިވެހިން ކަމަށާއި، މިއީ އެއް ގައުމަކަށް ވާ ހިސާބަކަށް އަންނަން ޖެހޭނެކަމަށެވެ. އަދި އެއް ރަށެއްގެ ރަށްވެހިންނަށް އަނެއް ރަށުން ބިން ގަތުމުގެ ކަންކަން ހުޅުވާލެވެން ޖެހޭނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މާލޭމީހަކުވެސް ރާއްޖެތެރޭ ރަށެއްގަ 10 އަހަރު އުޅުނީމަ ރަށްވެހިކަން ލިބޭނެ. ރަށްވެހިންނަށް ގޯތިވެސް ލިބޭނެ. އެހެނޭ ކިޔާ ބީޗްފަރާތުން ގޯތިނަގައިގެން ގެސްޓުހައުސް ހިންގާކަށް ބިމެއް ނުލިބޭނެ. ދެންއޮތީ ތިކިޔާ މާލޭ މީހުން. މާލޭރައްވެހިންގެތެރެއިން އެހެންރަށެއްގެ ރަޖިސްޓްރީގައި ކުރިންޖެހިފައިވާނަމަ އެމީހަކު ގޯތިދިނުމުން މަހުރޫމްވާނަމަ އަސްލަމަކީވެސް ކުރީގެ އަނބިމީހާގެ ފިރިމީހާ.

  2. އެމްޑީޕީ މީހުން އެމްޑީޕީ ސަރުކާރުން ވަރަށްގިނައިން މިވާހަކަ ދައްކާ މީގެ ބޭނުމަކީ ސިއްރަކީ ކޮބައިތޯ ބަޔަކު މީހުން ފައިސާގަޑެއް ހޯދަންތޯ ނޫނީ އިސްރާއީލަށް ބިން ވިއްކަން ވެގެންތޯ ބޮޑު ލާރިގަނޑެއް ހޯދަން އެއީ އަބަދުވެސް އެމްޑީޕީ ކުރަން އުޅޭކަމަށް !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: