ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ބަދުނާމު ކުރަނީ ރޮޒައިނާ އަޑީގަ ހުރެގެން: އިބްރާހިމް ރަޝީދު

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު އަދި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިންތުގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަޑީގަ ހުންނަވައިގެން، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެގެންދާ ފަަދަ މައްސަލަތައް، އިންތިޒާމެއްގެ މަތިން މަޖިލީހަށް ހުށައަޅަމުންދާކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި ފ ނިލަންދޫގެ ނަރުދަމާ ނިޒާމުގައި ހުރި މައްސަލައަކާއިމެދު ވާހަކަދައްކަވަމުން، އިބްރާހިމް ވިދާޅުވީ، އެ މައްސަލަ ހުށައަޅާފައިވަނީ، ރޮޒައިނާ އަޑީގައި ހުންނަވައިގެން ޕީޖީ ގުރޫޕުން ފާސް ކުރުވައިގެންކަމަށެވެ.  އެހެންކަމުން މަޖިލީހުގެ ރައީސް އަށް އެ މައްސަލަ ތަޅުމުގައި ބަހުސް ކުރުމަށް ދޫކޮށްލުމަށް މަޖަބޫރުވާކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ރޮޒައިނާ އަދި ސަރުކާރުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އުޅުއްވަނީ އަމިއްލައަށް މަސައްލައެއް ހުށައެޅުމަށް ފަހު ބަހުސްގެ ތެރޭގައި ސަރުކާރު ދިފާއު ކުރުމުގައި ކަމަށެވެ.

އިބްރާހިމް ވިދާޅުވީ، މިހާރު މަޖިލީހުގައި ހިނގާ ބައެއް ކަންކަން ސިފަ ވަނީ ޓޮމް އެންޑް ޖެރީ ކާޓޫނު ގޮތަށްކަމަށެވެ. އަދި ބައެއް މެމްބަރުން އުޅުއްވަނީ މީދާ ދޫކުރުމަށް ފަހު، އެ މީދާ މެރުމުގައި ކަމަަށްވެސް އެނާ ފާހަގަކުރެއްވިއެވެ. އިބްރާހިމް ވިދާޅުވީ، އެނާ އަށް ހިވާ ގޮތުން ރޮޒައިނާ ކުރައްވާ މަސައްކަތަކީ، އަޑީގައި ހުންނަވައިގެން މަޖިލީހަށް މައްސަލަތައް ވެއްދުމަށް ފަހު، އެކަމުން ސަރުކާރު ދިފާއު ކުރެއްވުމުގެ މަސައްކަތްކަމަށެވެ. އަދި އެއީ ސަރުކާރު ބަދުނާމު ކުރުމަށް ރާވައިގެން ހިންގާ ކަމެއް ކަމަށް އެނާ ތުހުމަތު  ކުރެއްވިއެވެ.

އެމެރިކާ ފަދަ ގައުމުތަކުގެ ޕާލިމެންޓަށް ފާހަނައިގެ ނަރުދަމާ ނިޒާމުގެ މައްސަލަތައް ހުށަނާޅާކަމަށް ފާހަަގަކުރައްވާ ވާހަކަދައްކަވަމުން އިބްރާހިމް ވިދާޅުވީ، ފ ނިލަންދޫގެ ނަރުދަމާ ނިޒާމުގެ މައްސައަކީ، މުނިސިޕަލް ކައުންސިލަށް ހުށައަޅަންޖެހޭ މައްސަލައެއް ކަމަށެވެ.

އިބްރާހިމް ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި ކައުންސިލުތައް ހަދައިފައިވާކަމަށެވެ. އަދި ލާމަރުކަޒީ ކޮމިޓީތައްވެސް ހަދާފައިވާކަމަށެވެ. އެހެން ނަމަވެސް ފ ނިލަންދޫގެ ނަރުދަމާ ނިޒާމުގެ މައްސަލަ ހުށައަޅަންޖެހުނީ މަޖިލީހަކަށް ކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެ ނޫން ނިޒާމަކަށް ދިވެހިރާއްޖޭގެ ޕާލިމެންޓު ހިންގަން ޖެހިފައިވާކަމަށެވެ.

އިބްރާހިމް ވިދާޅުވީ، އެފަދަ މައްސަލަތައް މަޖިލީހަށް ހުށައަޅައިގެން ސަރުކާރު ބަދުނާމުވެގެންދާކަމަށެވެ. އަދި އެކަމުން އެމްޑީޕީވެސް ބަދުނާމުވާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ރައީސް ސާލިހަށް ފާޑުކިޔުންތައް އަމާޒު ކުރުމުންވެސް ބަދުނާމުވަނީ ހަމަ އެމްޑީޕީކަމަށެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ، ރައީސް ސާލިހުގެ ކޯލިޝަންގައި ތިބި އެހެނިހެން ޕާޓީތަކުގެ އިސްވެރިން މިހާރު ގެންދަވަނީ އެ މަނިކުފާނުގެ އަނިޔާވެރި ކަމަށް ބުނެ ވާހަދައްކަވަމުންކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫނު އެފަދަ ވާހަކަތަކެއް ދައްކަވާފައިވާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، މިހާރު މަޖިލީހުގައި ކުރަމުންދާ މަސައްކަތަކީ، ރަޒައިނާ އަޑީގައި ހުންނަވައިގެން ސަރުކާރުގެ ފެކްޝަނުގައި ހިމެނޭ ފަރާތްތަކް މެދުވެރިކޮށް، ސަރުކާރު ބަދުނާމު ކުރުމުގެ މަސައްކަތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަމިއްލަޔަށް ބަދުނާމުވެ ނިމިފަ އޮތް އެއްޗެއް އިތުރަށް ކުރާނެ ބަދުނާމެއް އޮވެދާނެ ބާ؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: