ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން މަސައްކަތް ކުރަނީ ވޯޓް ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮތަ ނުދޭން: މުންދު

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް ( މުންދު) ފޮޓޯ: 13 އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އިން ނުވަތަ މިސަރުކާރުން މަސައްކަތް ކުރަމުން ދަނީ އިންތިހާބުގެ ވޯޓް ކަރުދާހުގައި ރައީސް އަބްދުﷲ ޔާމީންގެ ނަން އޮތަ ނުދޭން ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ރައީސް ޔާމީނަށް ވެސް މި ސަރުކާރާއި އެކު ޑީލްތައް ހަދައި ބޭސްފަރުވާއަށް ފުރައިގެން ބޭރަށް ގޮސް ބޭރުގައި ހުރެގެން  އިރުޝާދުދީ ކޯޓްތެރެއަށް އަތްބާނައިގެން މައްސަލަ އޮއްބާލެވުނީސް ކަމަށެވެ. އަދި އެކަމަކީ އެހެން ސިޔާސީ ލީޑަރުން ކަންކުރާ ގޮތް ކަމާއި ރައީސް ޔާމީނަކީ ހަގީގަތުގައިވެސް ބުރަކަށީ އާލާސްކަންފުޅެއް ހުންނަ ބޭފުޅެއްކަން ފާހަގަކޮށް އެންމެ ދުވަހަކުވެސް އެ އާލާސްކަންފުޅުގައި ރާއްޖޭން ބޭރަށް ވަޑައިގަންނަ ވާހަކަ އެމަނިކުފާނު ވިދާޅުނުވާ ކަމަށާއި ރައީސް ޔާމީން މި ގައުމު ދޫކޮށް އާންމުކޮށް ރާއްްޖޭގައި ސިޔާސީ ލީޑަރުން ކަންކުރާހެން ކަންކުރުމުގެ ބަދަލުގައި އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު ޖަލުން ނިކުމެ ވަޑައިގަންނަވާނީ ގާނޫނުގެ ތެރެއިން ކަމުގައި ކަމާއި ރާއްޖޭގައި ގާނޫނަކީ އަންދާ ގާނޫނު ކަމަށް ވީ ނަމަވެސް އެގާނޫނުގެ ތެރެއިން ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.

މި ސަރުކާރުން ޖޭއެސްސީ އިން ނާއި އެތައްމިތަނުން ރައީސް ޔާމީންގެ ޝަރީއަތުގައި ބަގުޑި ބައްދަމުން ގެންދިޔައިރުވެސް އެމީހުން ރާވައި ލިޔެގެންދިޔަ ކޭސް ކޮޅެއްގައި ނުޖެހިގެން ރައީސް ޔާމީން މިނިވަންވި ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.

މިސަރުކާރުގެ މަގްސަދަކީ ދެވަނަ ފަހަރަށް ވެސް ރައީސް ޔާމީން ޖަލަށްލުން ކަމަށާއި މިފަހަރުވެސް އެމީހުންގެ ރޭވުން ނާކާމިޔާބު ވާ ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ. އެގޮތުން ދައުލަތުން ރައީސް ޔާމީންގެ ޝަރީއަތުގައި އެންމެ ފުރަތަމަ ހެއްކެއްގެ ގޮތުގައި ގެންދިޔަ މީހާ ހިސާބުން ފާސް ނުވާހެން ހީވާ ކަމަށް އޭނާއާއި ކުރި ސުވާލާއި އޭނާ ދިން ޖަވާބާއި އޭގެ އަދަދުތަކާއި ދިމާ ނުވާ ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ޝަރީއަތަށް ދެވަނަ ދުވަހު ގެންދިޔަ ހެކިވެރިޔާ ދެއްކީ އެކަމާއި ގުޅުމެއް ނެތް ޒާތީ ވާހަކައެއް ކަމަާއި އޭނާ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެބޭފުޅާ ބޭނުން މަގާމެއް ނުދިނުމުގެ ސަބަބުން ރައީސް ޔާމީންއާ ޒާތީ ހަސަދައެއް އޮތް ބޭފުޅެއްކަން ރާއްޖޭގެ އެންމެން ދަންނާނެ ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.

އެންމެ ފަހުން އިއްޔެ ބޭއްވި ޝަރީއަތުގައި ފެނިގެން ދިޔައީ ދޮންމީހަކު އަރުވައިގެން އޭނަ ލައްވާ މޮޅެތި ބަސްކިޔާތަން ކަމާއި ދިވެހިން އެގޮތަށް ގުނބޯ ހެއްދޭނެ ދުވަސް ހިނގައްޖެ ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ. އެއީ އާ ފިލްމެއް ނޫން ކަމަށާއި އެފިލްމަކީ ކުރިން ކުޅުން ފިލްމެއް ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ. އެކަން ކުރީ ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން، ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައިގެން އުޅުއްވި އިރު، އޭރު އެމްޑީޕީ އިން ނުކުމެ ހުންނެވި ކެންޑިޑޭޓް ހޮވުމަށް އޭރު، ކުރީގެ ރައީސް ނަޝީދު ސަރުކާރުގައި އެރަށު ރައްޔިތުން އެދެމުންދިޔަ ކަމެއް ކަމުގައި ވި  އެއަރޕޯޓްގެ މަސައްކަތް ފެށުން ކަމާއި އެވައުދު ފުއްދާދިން ކަމަށް ހަދަން ހަދައިގެން އެމީހުން މާލޭގެ ޖެޓީކައިރިން ފެނުން ދޮންމީހަކު ލޯންޗަކަށް ލައިގެން ތިމަރަފުއްޓަށް ގެންގޮސް އެމީހާ ލައްވައި ރިބަންފަށެއް ކެނޑިކަމަށާއި އެމީހުންނަށް ހީވީ އިންވެސްޓަރެއް ކަމަށާއި އެމީހާ ރިބަންފަށް ކަނޑާފައި ދިއުމުން އެއަރޕޯޓް ހުޅުވޭނެ ކަމަށް ހީކުރެވުނު ކަމަށެވެ.

އެފަހަރު ރައްޔިތުން ގުނބޯ ހެދުނު ކަމާއި މިއަދު އަނެއްކާ ދޮންމީހަކު އަރައި ވާހަކަ ދައްކަން ފެށުމުން އެމީހާގެ ހަގީގަތް ބަލައިލިއިރު އެމީހަކީ ރާއްޖޭގެ ރިސޯޓެއްގެ ޑައިވިންގ އިންސްޓްރަކްޓަރެއް ކަމަށާއި އޭނާ ވަރަށް ބޮޑު މާހިރަކަށް ހެދިގެން އައިޕެޑެއް ހިފައިގެން ޝަރީއަތުގެ މަޖިލީހަށް އަރާ ހުރިކަމަށް  މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.

މިސަރުކާރަކީ ފެއިލިއަރ އެކޭ ނުވަތަ ފެއިލްވެފައި އޮތް ސަރުކާރެއް ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ. ގިނަބަޔަކު މި ސަރުކާރުގެ ފެއިލިއަރ މާނަކުރަނީ ތަރައްގީ ގައުމަށް ނުގެނެވޭތީ ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.

މިސަރުކާރުގެ ފެއިލްވުން އެކި ގޮތްގޮތުން މާނަކުރެވޭ ކަމަށް ވިދާޅުވަމުން އެތަނުން އެއް ކަމަކީ އެމީހުން އަމިއްލައަށް ރާވައިގެން އައި ރޭވުން ފެއިލްވާކަން ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.

ލިޔެ ރޭވިގެން  އައިކަންތައްތަކެއް މިސަރުކާރަށް ހަތަރު އަހަރުވީއިރުވެސް ކާމިޔާބު ނުވާ ކަމާއި ފުރަތަމަ ފެއިލިއަރ އަކަށް ވީ ފަސްއަހަރު ދުވަހު ވެރިކަން ކުރާއިރު އިހްލާސްތެރިން ވެރިކަން ކުރި ގޮތާއި ހިލާފަށް ހަތަރު އަހަރު ވެރިކަން ކޮށް ކެވޭނެ އެއްޗެއް ކައި ފޮރުވާނެ އެއްޗެއް ފޮރުވައި ނަގާނެ އެއްޗެއް ނެގުމަށްފަހު އެންމެ ފަހު އަހަރުގައި ޑޮލަރުކޮޅެއް އަޅާލައިގެން، ކަޅު ފައިސާ ކޮޅެއް އަޅާލައިގެން ބޭރުން އަންނަ ސޫޓްކޭހުގައި ހުންނަ އެއްޗެއް ދީގެން އެއަދަދަށް ވޯޓް ހަމަކޮށްގެން ވެރިކަމުގައި ދެމިތިބުމަށް ކަމަށެވެ.

މިއަދު ތެޅިފޮޅިގަނެގެން އުޅެނީ އެކަން އެހެން ނުވާނެކަން ޔަގީންވާތީ ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ. މި ސަރުކާރުގެ ދެވަނަ ފެއިލިއަރ އަކީ ކުރީއްސުރެން އެމްޑީޕީ އުފެދުނު އިރުވެސް ޕާޓީގެ އަސާސްތަކުގެ ތެރެއިން އަބަދުވެސް ފެންނަ ކަންތައްތަކެއް ހުންނަ ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީ އަށް ވެރިކަން ލިބުނު މިއީ ދެވަނަ ފަހަރުކަން ފާހަގަކޮށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީ އަށް ވެރިކަން ލިބޭގޮތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަތޮޅުތަކާއި ސިޓީ ތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު ފެށުނީއްސުރެ ޕީޕީއެމްގެ ފިކުރާއި އެމްޑީޕީގެ ފިކުރާއި އަޅާބަލާއިރު މިހާތަނަށް އިންތިހާބެއްގައި ވޯޓް ލާންޖެހުނު އިރު އެމްޑީޕީ އިން ބޮޑުތަނުން ކާމިޔާބު ހޯދާ ފަސް ދާއިރާ އެއް އޮންނަ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މާލެ އާއި އައްޑޫ ސިޓީ އާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ޖަލުތައް ކަމަށެވެ. މިއަދު އެތަންތަނުން ވޯޓް އެމްޑީޕީ އަށް ނުލިބޭނެ ކަން މިސަރުކާރަށް އިނގޭ ކަމާއި މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލަށް ބަލައިލި ނަމަވެސް އެކަން ސާފުވެގެން ދާ ކަމަށް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: