ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހަކަށް އަނިޔާކޮށް، މެރިޔަސް ސަރުކާރުން އަޅާނުލާނެކަން ކަށަވަރު: އާދަމް ޝަރީފް

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ކުށްތަކުގައި ތުހުމުތު ކުރެވޭ މީހުންނާއި މެދު ރައީސުލްޖުމުހޫރިއްޔާ އިބްރާހިިމް މުހައްމަދު ސާލިހުގެ ސަރުކާރުން އަމަލު ކުރައްވަނީ، ނަހަމަ ގޮތަކަށްކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ޓީޗަރަކު ގޮތުގައި މަސައްކަތް ކުރާ ދިވެހި ފިރިހެނަކު ހަވަރަށް ދީފައިވާ ދަނޑިވަޅެއްގައި ކަންބޮޑުވުން ފާޅުކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުވަނީ ގާނޫނުތައް ނެގެހެއްޓުމުގައި ފެއިލްވެފައިކަމަށެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި އަނިޔާވެރި އަމަލުތަކާއި، މީހުން މެރުން ފަދަ ކުށްތައް ގިނަވެފައިވާކަމަށް ފާހަގަކުރައްވާ، އާދަމް ޝަރީފް ވިދާޅުވީ، އަނިޔާކޮށް، މީހަކު މެރިއަސް އަޅާނުލާނެކަން ކަށަވަރުވެފައިވާކަމަށެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލު ކުރުމުގައި، އެކި މީހުންނަށް އެގި ގޮތަށް އަމަލު ކުރާކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، އެފަދަ ގޮތަކަށް ސަރުކާރުގެ އަމަލުކުރާ ފަހަރުތައް ގިނަވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އިޖުތިމާއީ ފޭރާން ކުދި ކުދިވަމުންދާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެނާ ވަނީ ސަރުކާރުގެ މިފަދަ އަމަލުތަކަކީ، ދެރަ މައްސަލަތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ކުޑަ ކުއްޖަކާއި ބެހުނު މައްސަލައެއް ފެންމަތިވެ، އާދަމް ޝަރީފް އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އެފަދަ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހަވަރަށްދޭ މަންޒަރުވަނީ އާންމުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: