ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތުގައި ނަމާދުކުރާ ބައެއް ވަގުތު ތަކުގައި އަޑުމަޑު ކުރުމަށް އެންގިން: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް އެފެއާޒް.. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިިތުގައި ނަމާދުކުރާ ނަމާދުކުރާ ބައެއް ވަގުތު ތަކުގައި ނަމާދުކުރާއިރު އަޑުމަޑުކުރުމަށް އެންގި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސްކިތްތަކުގައި ޖަހުރިއްޔަ ނަމާދުކުރާ ވަގުތުތަކުގައި އަޑުމަޑުކުރުމަށް އަންގާފައިވާ ކަމަށެވެ.

ޖަހުރިއްޔަ ނަމާދަކީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކެވެ. އެ ނަމާދުތަކުގެ ތެރޭގައި ހިމެނެނީ ފަތިސް ނަމާދާއި މަޣްރިބު ނަމާދާއި އިޝާ ނަމާދެވެ.

އިތުރަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މިސްކިިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް އެހެން ގަޑިތަކުގައި ހަދަން އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށާއި މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތް ހެދުމަކީ މިނިސްޓްރީގެ އެއްވެސްއިރެއްގެ ވިސްނުމެއް ނޫންކަމަށެވެ.

އަޑު ބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކަކާ ގުޅިގެން ބެލިބެލުމުން މާލޭގެ ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑުޖައްސާފައި ހުންނަ މިންވަރު މަޑުކުރުން އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ފެންނާތީ އެ މިސްކިތްތަކުގެ އިމާމުންނަށް ޖަހުރިއްޔަ ނަމާދުތައް ކުރާއިރު ބޭރަށް އަޑުޖައްސާފައި ހުންނަ މިންވަރު މަޑުކުރަން އިރުޝާދު ދީފައިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން މިސްކިތްތަކެއްކަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަކަށް ވެފައި އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދުކުރާ އަޑު ބާރަށް އިވި ނަމާދުކުރާއިރު ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އަދި މިސްކިތް ހުންނަ ސަރަހައްދުގެ ގޮތުން ތުއްތުކުދިން ތިބޭ ކައިރި ގޭގެއިން ދަތިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މިސްކިތްތަކުގެ އަޑުމަޑުކުރުމާ ގުޅޭ ސާކިއުލާއެއް އެއްވެސް ފަރާތަކަށް ފޮނުވާފައި ނުވާނެ ކަމަށާއި މީޑިއާގައި މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހެދުމާއި ގުޅޭ ވާހަކަ އަކީ ދޮގު ހަބަރެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 57%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: