ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާ ކުރަންޖެހުނު ކޮންމެ ހުރަހެއް ގިރާކޮށް ރައީސް ޔާމީން ވެރިކަމަށް ގެންނާނަން: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ، ޕީޕީއެމްގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ގިރާ ކުރަންޖެހުނު ކޮންމެ ހުރަހެއް ކެރިގެން ގިރާކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ގެންނާނަންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުރަހީމް ވިދާޅުވީ 2023 ގައި ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ގެނައުމަށްޓަކައި މަސައްކަތްކުރާއިރު، ދިމާވާ ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލާނަންކަމަަށާއި އަދި ގިރާކުރަންޖެހުނު ކޮންމެ ހުރަހެއް ގިރާކުރާނީ ހަސަދަވެރިންނަށް ބެލުމެއްނެތި ވަރަށް ކެރިހުރެ ސާބިތުކަމާއިއެކުކަމަށެވެ.

ޓުވީޓުގައި ވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނަންކަމަށް ވިދާޅުވެފައެވެ.

2023 ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ވަނީ ރަސްމީކޯށް ރައީސް ޔާމީން އާއި ހަވާލުކުރައްވާފައެވެ. ރައީސް ޔާމީންގެ އަތްޕުޅަށް ރިޠާސީ ޓިކެޓު އެރުއްވީވެސް އަބްދުލްރަހީމުގެ އަތްޕުޅު “ހަވާލޭ ވަތަން” ނަމުގައި ޕީޕީއެމްގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓުގައި އިންތިހާބަށް ރައީސް ޔާމިން ނިކުންނެވުމަށް ހުށަހެޅީ ޕީޕީއެމް، ޕީއެންސީ ޖޮއިންޓް ސެނެޓު ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ޓިކެޓު ގަބޫލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެމަނިކުފާނު އަބަދުވެސް ދެމި ހުންނަވާނެ ކަމަށެވެ.

މަނީ ލޯންޑްރިން މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުމާއި އެކު އޭރު ބޭއްވި ބައްދަލުވުމެއްގައި ވެސް ރައީސް ޔާމީނަށް ޓިކެޓު ދިނުމަށް ނިންމިއެވެ. ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާނެކަން ނުވަތަ ނޫންކަން ރައީސް  ޔާމީން ހާމައެއް ނުކުރައްވަ އެވެ.

ރައީސް ޔާމީންއަށް ޓިކެޓު ދެއްވުމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވާ އަބްދުލްރަހީމް އަބްދުﷲ ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދޭނެ ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު ލިބިގެންވަނީ ޕީޕީއެމްއަށްކަމަށްވެސް ވިދާޅުވެފައެވެ. އަދި އެކަން ކުރެވިގެން ދިޔައީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި އެއްގޮތަށްކަމަށް އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ.

އަމާޒުވި ފާޑުކިޔުންތައް އަބްދުލްރަހީމް އަބްދުﷲ ސިފަ ކޮށްފައިވަނީ އެއީ ރައީސް ޔާމީންއަށް ބިރުންކަމަށެވެ. އަދި އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ކިތައްމެ ބިރުގަނި ނަމަވެސް ރައީސް ޔާމީން އަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެޑިޑޭޓުކަމަށެވެ. އަދި އެމަނިކުފާނު 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: