ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ނުފޫޒު އިމެއް ނެތި ވަދެފައިވާއިރު، ސަރުކާރުން ބަހެއް ނުބުނުމަކީ ނުރައްކަލެއް: ޝިޔާމް

ނައިބު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައީސް ޔާމީން އާއިއެކު އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އަވަށްޓެރި އިންޑިއާގެ ނުފޫޒު އިމެއް މިނެއްނެތި ވަދެފައިވާއިރު، ސަރުކާރުން ބަހެއް ނުބުނުމަކީ ނުރައްކަލެއްކަމަށް، އިދިކޮޅު ޕީޕީއެމްގެ ނައިބު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރަވަޑައިގަތުމުން އެކަމާއި ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓުގައި ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާ ޤައުމީ ސަލާމަތަށް މިއަދުއޮތް އެންމެބޮޑު ނުރައްކަލަކީ ޤައުމުގެ ދާޚިލީ އަދި ޚާރިޖީ ކަންކަމަށް އަވަށްޓެރި އިންޑިޔާގެ ނުފޫޒު އިމެއް މިނެއްނެތި ވަދެފައިވާ މިންވަރުކަމަށެވެ.

ރައީސް ނަޝީދު އިންޑިއާއަށް ފުރަވަޑައިގަތުމުން އެކަމަށް އަންނަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އަދި މި ސަރުކާރަށްވެސް އަންނަނީ އިންޑިއާ އާއިއެކު ގާތް ގުޅުމެއް ބޭއްވުމުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް އަމާޒު ވަމުންނެވެ.  އެގޮތުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަން ކުރައްވަނީ އަމިއްލަ އިހުތިޔާރުގައި ނޫންކަމަށާއި، ތަންފީޒް ކުރައްވަމުން ގެންދަވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަމް މޯދީގެ އަމުރުކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޝިޔާމް ވިދާޅުވީ މިފަދަ ފާޑުކިޔުންތަކާއިއެކު މިކަމާއިމެދު ބަހެއްބުނަން ސަރުކާރު ނުކުޅެދިފައި އޮތުމަކީ ހުރިހާގޮތަކުން ކަސްތޮޅު އެޅިފައިވާ މިންވަރުކަމަށެވެ. ޝިޔާމް މި ކަންތައްތައް ފާހަގަކުރައްވާފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ.

ޝިޔާމް މިފަދައިން ފާޑު ވިދާޅުވެފައިވާއިރު، ދާދިފަހުން ރައީސް ސާލިހުވެސް ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފައެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅުން މީގެ ކުރީގައި ވަނީ “އިންޑިއާ އައުޓް” ގެ ނަމުގައި ކެމްޕޭން އެއްވެސް ކުރިއަށް ގެންގޮސްފައެވެ. ސިލްސިލާ ގޮތެއްގައި އަތޮޅު ތެރޭގައިވެސް ވަރަށް ފުޅާކޮށް ކުރިއަށް ގެންދިޔަ މި ހަރަކާތުގެ އަޑު މިހާރު ވަނީ ފަނޑުވެފައެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހިންގަވާ “އިންޑިއާ އައުޓް” މި ހަރަކާތް ހުއްޓުވުމަށްޓަކައި މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ. އިދިކޮޅުން ގަރާރުވެސް ސިފަކުރީ ރައީސް ސާލިހަށް ލިބިދީފައި ނުވާ ބާރަކުން އިންޑިއާގެ ނުފޫޒުގެ ތެރެއިން ނެރެވިގެންދިޔަ އެއްޗެއްކަމަށެވެ. އަދި ބުނަމުން އައީ އެއީ އުފެދުމުގައިވެސް ބާތިލް ގަރާރެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: