ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލައިގައި، އިދިކޮޅުންނާއި ވެރިކަންކުރާ ޕާޓީންވެސް ސަރުކާރަށް ފާޑުކިޔައިފި

މޭޔަރު ނިޒާރު އަދި ޑރ ޝަހީމް: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ އިންތިހާ އަށް ބޮޑުވެފައިވާކަމަށް ފާހަގަކޮށް ވެރިކަން ކުރާ ޕާޓީންނާއި، އިދިކޮޅުންވެސް ސަރުކާރަށް ފާޑުކިޔައިފިއެވެ.

މާރުކޭޓު ސަރަހައްދުގައި، ބަޔަކު މީހުން ނުކުމެ، ވައްކަން ކުރަން އުޅުނު މީހަކަށް އަނިޔާކޮށްފައިވާ ދަނޑިވަޅެއްގައި، ރައްޔިތުން ނުކުމެ، އިންސާފު ހޯދުމުގެ މަސައްކަތްތައް އެ ބަޔެއްގެ އަތް މައްޗަށް ނަގަން ފަށާފައިވާކަމަށް ފާހަގަކުރައްވާ އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މަސްތުވާ ތަކެތީގެ މައްސަލައަށް ހައްލެއް ލިބިފައިނުވާކަމަށެވެ. އަދި އެ ވަބާގައިޖެހި ދިވެހިރާއްޖެ ހަލާކުވެ ނިމެނީކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނިޒާރު ވިދާޅުވީ، މަސްތުވާ ތަކެތީގެ ވަބާ ފެތުރުން ހުއްޓުވުމުގައި މުޅި ދައުލަތްވަނީ ފެއިލްވެފައިކަމަށެވެ. އަދި ރައްޔިތުންނަށް އެކަމުން ސަލާމަތްވެވޭނެ ގޮތެއް ފެންނަން ނެތުމުން، ގޮތް ހުސްވެފައިވާކަމަށާއި، އެކަން ހުއްޓުވުމަށްޓަކައި ގާނޫނުތައް އެ ބައެއްގެ އަތް މައްޗަށް ނަގަން ފަށާފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިޒާރު ވިދާޅުވީ، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް އޮތް ހުރަހަކީ ކޮބައިކަން ބުނެދެވިފައިނުވާކަމަށެވެ. އެހެންކަމުން، އެ މައްސަލަ އިތުރަށް ގޯސްވެފައިވުމުގެ ޒިންމާ ނަގާނެ ބަޔަކު ތިބެންވާނެކަމަށް ފާހަގަކުރައްވާ އޭނާވަނީ ޝެއަރ ކުރެއްވި ޕޯސްޓުގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓެގު ކުރައްވާފައެވެ.

 

 

ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ގޯސްވެފައިވާކަމަށް ބުނެ، އެމްޑީޕީގެ އިސް މެމްބަރެއްކަމަށްވާ އައްޑޫގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އިދިކޮޅު ކޯލިޝަންގެ މެމްބަރެއްކަމަށްވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުވެސްވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާ ވަނީ މުޅި ރާއްޖެއަށް ފެތުރިފައިކަމަށެވެ. އަދި އެކަން އާއްމުވެގެން ދިއުމަކީ، މުޅި ގައުމަށާއި، މުޖުތަމައަށާއި، ކުރިމަގުގެ ޖީލުތަކަށްވެސް އޮތް ބޮޑު ގެއްލުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަމުން ސަލާމަތް ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށާއި، އަތޮޅު ތެރޭގެ ކުދި ކުދި ރަށްތައްވެސް އެކަމުގެ ތެރޭގައި ހަލާކުވަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: