ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތެރެ ތަރައްގީ ނުކުރެވި އޮތީ ރައީސް ޔާމީން ގެންގުޅުނު ސިޔާސަތެއްގެ ސަބަބުން: އަސްލަމް

މެމްބަރުން ކުރެއްވި ސުވާލުތަކަށް އަސްލަމް ޖަވާބުދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުގައި އަތޮޅުތެރޭގެ ރަށްރަށަށް އަޅާ ނުލެވުނީ، މާލެ އަށް މީހުން އެއްކުރުމަށް ގެންގުޅުނު ސިޔާސަތެއްގެ ސަބަބުން ކަމަށް ރައީސް ސާލިހު ސަރުކާރުގެ ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މ ވޭވަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ރައީސް ޔަމީންވަނީ، މާލެއަށް ރާއްޖޭގެ އާބާދީގެ 70 އިންސައްތަ ޖަމާ ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފައިކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ވިސްނުން ހުރީ މަރުކަޒީ ގޮތެއްގެ މަތިން ކަންކަން ކުރުމަށް ކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، މާލެ ސަރަހައްދަށް އާބާދީގެ 70 އިންސައްތަ އެއްކުރުމުން އެހެނިހެން ރަށްތަކުގައި އުޅޭނެ ބަޔަކު ނުތިބޭނެކަމަށެވެ.

ރާއްޖޭގެ އާބާދީގެ 70 އިންސައްތަ މާލެ ސަރަހައްދަށް އެއްކުރުމުން ރަށްރަށަށް ކޮށްދޭން ޖެހޭނެ ކަމެއްވެސް ނޯންނާނެކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން، އަސްލަމް ވިދާޅުވީ، ވޭތުވެ ދިޔަ ސަރުކާރުގައި ރަށްރަށަށް އަޅާ ނުލެވި ގޮސްފައިވާ ސަބަބަކީ އެފަދަ ސިޔާސަތެއް ގެންގުޅުން ކަމަށެވެ.

އަސްލަމް ވިދާޅުވީ، މީގެ 38 އަހަރު ކުރިން، ރަށްތައް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތް ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގައި ވަސީލަތްތައް ހުންނާނެކަމަށެވެ. އަދި އެކަން ކުރުމުގެ ގާބިލުކަންވެސް ހުރިކަމަށާއި، ތަނަވަސްކަން ހުރެ، ކޮވިޑްގެ ބިރުވެރިކަމެއްވެސް ނެތްކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ކަން ކަން ކުރެވޭނީ އެކަމެއް ކުރަން ބޭނުންވުމުންކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ، ވޭތުވެ ދިޔަ ސަރުކާރާއި، ޒަމާންތަކުގެ ތެރޭގައިވެސް މ ވޭވަށަށް ގެނެސްފައިނުވާ ވަރުގެ ތަރައްގީތައް ރައީސް ސާލިހުގެ ސަރުކާރުން ގެންސްފައިވާކަމަށެވެ. އަދި ވޭތުވެ ދިޔަ ސަރުކާރުން ޖުމުލަކޮށް ވޭވަށުގެ ތަރައްގީއަށް ހޭދަ ކުރިވަރަށްވުރެ ބޮޑު އަދަދެއް ރައީސް ސާލިހުގެ ސަރުކާރުންވަނީ އެރަށުގެ ބަނދަރު ތަރައްގީ ކުރުމަށް ހޭދަކޮށްފައިކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: