ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިއުއެސްސީގެ އީޕޯޓަލްއަށް އިތުރު ތަރައްގީތަކެއް ގެންސްފި

އެމްޑަބްލިއުއެސްސީ އީޕޯޓަލްގެ ހިދުމަތް: ފޮޓޯ/ އެމްޑަބްލިއުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމް،ޑަބްލިއު،އެސް،ސީގެ އީޕޯޓަލްއަށް އިތުރު ތަރަށްގީތަކެއް ގެނެސްފިއެވެ.

އެމް،ޑަބްލިއު،އެސް،ސީއިން ބުނެފައިވާގޮތުން، އީ ޕޯޓަލްއަށް ގެނެވިފައިވާ ބަދަލުތަކާއިއެކު، އެ ކުންފުނީގެ އޮންލައިން ހިދުމަތްތައް ހޯދާ ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމް،ޑަބްލިއު،އެސް،ސީގެ އީޕޯޓަލްއަށް ގެނެވިފައިވާ ބަދަލުތަކުގެ ދަށުން، އެ ކުންފުނީގެ ޕޯޓަލްގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް އެ ބައެއްގެ ހުރިހާ އެކައުންޓެއްގެ މައުލޫމާތު އެއް ތަނަކުން ބަލާލެވޭނެއެވެ. އީޕޯޓަލްއަށް ވަނުމަށް އީމެއިލް ބޭނުން ކުރަމުންދިޔަ ނަމަވެސް، އާ ތަރައްގީތަކާއިއެކު، މޯބައިލް ނަމްބަރު ބޭނުން ކޮށްގެންވެސް މިހާރު ޕޯޓަލްގެ ހިދުމަތްތައް ބޭނުން ކުރެވޭނެއެވެ.

އެ ކުންފުނިން ވަނީ އެއް އެކައުންޓު ބޭނުންކޮށްގެން، އެއް ބިލަށްވުރެ ގިނަ ބިލުތަކަށް ފައިސާދެއްކޭނެ މަގެއްވެސް ފަހިކޮށްދީފައެވެ. އަދި ޕާޓް ޕޭމެންޓު އުސޫލުން ބިލަށް ފައިސާ ދެއްކުމަށްވެސް އީޕޯޓަލް ބޭނުން ކުރެވޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެމް،ޑަބްލިއު،އެސް،ސީއިންވަނީ އީ ޕޯޓަލް މެދުވެރިކޮށް، ކުންފުނިތަކުގެ އެކައުންޓު ހުޅުވޭ ގޮތަށް އިންތިޒާމުކޮށްފައެވެ. އަދި ޑިއު ވެފައިވާ ބިލުތަކުގެ މައުލޫމާތު ފަސޭހަކަމާއި އެކު ބަލާލުމާއި، އަދި ވަކި ވަކި މީޓަރުތަކުން ފެން ބޭނުންކޮށްފައިވާ ވަރުގެ ތަފްސީލާއި، ފެން މީޓަރުގެ ރީޑިންގ ތައްވެސް އީޕޯޓަލް މެދުވެރިކޮށް ބެލޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން، ރ.ދުވާފަރުގައި ތިބޭ އެ ކުންފުނީގެ ކަސްޓަމަރުންނަށް، އީޕޯޓަލް މެދުވެރިކޮށް، ކަރަންޓު މީޓަރު އެޑުކޮށްގެން އެ މީޓަރުގެ ރީޑިންގްވެސް ބަލާލެވޭނެކަމަށާއި، ފާއިތުވި ހަމަހުގެ ފެންބިލުގެ ސްޓޭޓްމެންޓުތައްވެސް ބެލޭނެ ގޮތް އިންތިޒާމުވެފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ކުންފުނީގެ އަމާޒަކީ، ދެމެހެއްޓިނިވި އަދި ވީހާވެސް ލުއިފަސޭހަ ގޮތަކަށް ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: