ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން ފަނޑިޔާރުންނަށް ބޯހިޔާވަހިކަންދޭން ގާނޫނަށް އިސްލާހު ގެންނަނީ!

ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް، ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސަން ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ހުށައަޅައިފިއެވެ.

ފަނޑިޔާރުންނަށް ލިބިދޭ ޢިނާޔަތްތަކުގެ އޮނިގަނޑު އިޞްލާޙުކުރުމަށާއި އެނޫންވެސް ބައެއް މުހިންމު އިޞްލާޙުތައް ގެނައުމަށްޓަކައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަނީ ފޮނުވާފައެވެ.

މި ބިލު ހުށަހަޅާ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢޫތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސަންވާނެ ކަމުގައި ޤާނޫނުގައި ކަނޑައެޅުން ހިމެނެއެވެ.

ފަނޑިޔާރުންނަށް ލިބިދެވޭ ޢިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިންގ އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިޞްލާޙުކޮށް، އެ ލިވިންގ އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %35 އަށްވުރެ މަދުނުވާނެ ޢަދަދެއް ކަމުގައި ޤާނޫނުގައި ކަނޑައެޅުމާއި އަދި ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ޤާނޫނު ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއްކަމަށް މި އިސްލާހު ފާސްވެ، ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝައިއު ކުރުމާއިއެކު ކަނޑައެޅިގެންދާނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރެއިން، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި ޢަމަލުކުރާ އުސޫލު އިޞްލާޙުކުރުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

އެގޮތުން މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަޤާމުގައި، ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ޤާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އެ މަޤާމަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުންވެސް ހިމެނެއެވެ.

މީގެ ތެރެއިން ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުންވެސް މި އިސްލާހުގައި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: