ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާ އުޅޭ ހާލާއިމެދު ރައްޔިތުން ހިތާމަ ކުރޭ: ސެމްބެ

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް(ސެމްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އުޅުއްވާ ހާލަތާއި މެދު، ދިވެހިން ހިތާމަކުރާ ކަމަށް ރައްޔިތުގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތައް އެހެން ގައުމެއްގެ އަތް ދަށުވެފައިވާކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ބެހޭ މުއައްސަސާތަކުގެ އިސްވެރިން ތިބި ހާލަތާއި މެދު ދިވެހި ރައްޔިތުން ފުންކޮށް ވިސްނަން ޖެހިފައިވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރަށް އިޝާރާތް ކުރައްވައި ހުސައިން ވިދާޅުވީ، އެމްޑީޕީއިން އަވައްޓެރި ގައުމެއްގެ ފައިބުޑުގައި ސަލާން ޖަހައިގެން ދިވެހި ގައުމުގެ ވެރިޔަކު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިވާ ފަދަ އަމަލުތަކެއް ހިންގާފައިނުވާކަން ފާހަގަ ކުރައްވައި  ހުސައިން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ އިގްތިސޯދީ އަދި އިޖްތިމާއީ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިފައިވާކަމަށެވެ. އެހެން ނަމަވެސް މިހާރު ކަންކަން އޮތީ އެގޮތުގެ މަތީ ނޫންކަމަށާއި، ރާއްޖޭގެ ރަށެއްގެ އާދައިގެ ޕްރޮޖެކްޓެއް ނެގުމަށްވެސް ވެސް ސަރުކާރުން އެކަން ހުށަހަޅައި ހުއްދަ ހޯދަން ޖެހެނީ އިންޑިއާއިންކަމަށް އޭނާ ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ ރާއްޖޭގެ ކަންކަމާއި ބެހޭ ގޮތުން އެހެން ގައުމެއްގެ ހުއްދަ ހޯދާ ދުވަހަކީ ދިވެހިން ދެކެން ބޭނުންވި ދުވަހެއް ނޫންކަމަށެވެ. އެހެން ނަމަވެސް މިއަދު އިޖްތިމާއި ފޭރާން ވީދި، އިސްލާމީ ސަގާފަތުގެ ކަންކަންވެސް ދިވެހިންނާއި ބީރައްޓެހިވަމުންދާ ކަމަށް މެމްބަރުންގެ ވާހަކައިގައި ވިދާޅުވި އެވެ. އަދި އިސްލާމީ ގައުމެއްގައި ހުންނަން ޖޭހޭ އަސާސްތައް ކޮބައިތޯއާއި، އިސްލާމީ ވެރިއެއްގެ ގައިގައި ހުންނަން ޖެހޭ ސިފަތައް ފެނޭތޯވެސް އެނާ ސުވާލުކުރެއްވިއެވެ.

މީގެ އިތުރުން ހުސައިން ވިދާޅުވީ، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަކީ އިންޑިއާއިން ޕްލާންޓުކޮށްފައިވާ ހުރި ބޭފުޅެއްކަމަށެވެ. އަދި އެނާ ފަދަ މީހުންނަކީ ދިވެހި ރައްޔިތުންނަށް ޖެހިފައިވާ “ބޮޑެތި ބޮޑެތި ބަލާވެރިކަން” ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
70%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކަލެއަށް ދިވެހިރައްޔިތުންގެ ނަމުގަ ވާހަކަ ނުދެއްކޭނެ. ޝަރީފަށްވުރެ މާބޮޑަށްވެސް ކަލޭ ޕުލާންޓުކޮއްފަ ހުރިއެއްޗަކާ ވައްތަރު. ދޮގުހަދަމުންގޮސް މުރުތައްދުވެވޭ އިރުވެސް ނޭގޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: