ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަށި ރައްކަލަކަށް ”ފޭންސީ ކާރަކާއި“، ބޮޑު ފައުޖެއް ނުބެހެއްޓިގެން ރައީސް ނަޝީދެއް ނޫޅުއްވާ: ވައްޑެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސެކިއުރިޓީ ބޭނުމަަށްކަމަށް ބުނެ، މޮޅެތި މޮޑެލްތަކުގެ ކާރު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫޅުއްވާކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުން ކުރެއްވުމަށް އެންމެ ފަހުގެ ކާރެއް 07 މިލިއަން ރުފިޔާއަށް ގެނައުމަށް ނިންމައި ޑިފެންސް މިނިސްޓްރީން އެކަމުގެ ކޯޓޭޝަނެއް ފޮނުވާފައިވާކަމަށް މީޑިއާއަކުން ދާދިފަހުން ރިޕޯޓު ކުރި އެވެ. ރައީސް ސޯލިހަށް މާޒިޑީޒް ބެންޒް މާއިބަޚް ޒެޑް 223 ސީރީސްގެ ކާރެއް ގެނައުމަށް ނިންމިކަމަށް ވާހަކަތައް ދެކެވުނު އިރު މިއީ ދުނިޔޭގެ އެންމެ ބޮޑެތި އަދި މުއްސަނދި ގައުމުތަކުގެ ވެރިންއި މުއްސަނދިން އަދި މަޝްހޫރު މީހުންގެ މެދުގައި ވަރަށް މަގުބޫލު ކާރެކެވެ. މި ކާރުތައް ތައްޔާރު ކުރަނީ އޯޑަރު ކުރާ ފަރާތަކުން ބޭނުންވާ ގޮތަކަށެވެ.

އެ މައުލޫމާތުތައް ހިމެނޭ ސިއްރު ލިޔުމެއް ވެސް އާއްމުވެފައި ވާތީ، އެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ސޯލިހަށް އަގު ބޮޑު ކާރެއް ހޯދުމަށް މަސައްކަތް ކުރާކަމަށް ބުނެ ދެކެވެނީ ތެދު ވާހަކަތަކެއް ނޫން ކަމަށެވެ. އެނާ ވިދާޅުވި ގޮތުގައި އެ ކާރު ގެންނަނީ ރައީސް ސޯލިހަކަށް ނޫނެވެ.

މިއީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ހިމެނޭ ރެކަމަންޑޭޝަންތަކަށް ބަލައި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގެންނަ ކާރެއްކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިތުރު އެހެން ކާރެއް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށް މީޑިއާތަކަށް ދިން މައުލޫމާތުތަކުގައި މިއުވާން ވިދާޅުވި އެވެ. އޭނާ ވަނީ ހަމާލާއަށް ފަހު ރައީސް ނަޝީދުގެ ސެކިއުރިޓީއަށް ހާއްސަ ސަމާލުކަމެއް ދެމުން ގެންދާކަން ފާހަގަކުރައްވާފަ އެވެ.

މިއުވާންގެ ވާހަކަތައް މީޑިއާތަކުން ގެނެސް ދީފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ، އަގުބޮޑު ކާރެއް ގެންނަކަން އެނގި އެކަން ރިޕޯޓު ކުރުމުން އެއީ ރައީސް ސޯލިހަށް ގެންނަ ކާރެއް ނޫންކަމަށް ބުނެ ރައީސް ނަޝީދުގެ ބޮލަށް އެކަން ޖެއްސެވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އެފަދަ ގޮތަކަށް ދައުލަތުގެ އިސްވެރިންގެ ވާހަކަތައް ހުރެގެން ނުވާނެކަމަށް ވަހީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަކީ އަމިއްލަފުޅަށް އެދިގެން ސެކިއުރިޓީ މަތިކޮށް، އަގުބޮޑު ފެންސީ ކާރުތައް ނުލިބިގެން ހުށަހަޅާނެ ބޭފުޅެއް ނޫންކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. އަދި ރައީސް ނަޝީދަކީ ހަށިފާރަވެރިން ނުވަތަ ސެކިއުރިޓީގެ ބޮޑު ފައުޖެއް އަރިހުގައި ތިބެން ބޭނުންވާ ބޭފުޅެއް ނޫން ކަމަށް ވަހީދު ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ފެއިލްވުމުން ދެން އޭގެ ފަހުން ސެކިއުރިޓީގެ ވާހަކަތައް ދައްކައި، ހަދަނީ ސަލާމަތީ މުވައްސަސާތަކުންކަން ވަހީދު ފާހަގަ ކުރެއްވި އެވެ.

ވަހީދު ވިދާޅުވީ، ރައީސް ނަޝީދުގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ބާރުތަކުގެ އެދުމުގެ މަތިން ހޯދާ ކާރެއް، އެމަނިކުފާނު ބޭނުންވެގެން ހޯދާކަމަށް ބުނެ ވާހަކަތައް ދެކެވިފައި ވަނީ ސިޔާސީ ބޭނުމަކަށް ކަމަށެވެ. އަދި އެކަހަލަ ވާހަކަތަކަކީ ސިޔާސީ ކުޅިވަރަކަށް ހަދައިގެން ނުވާނެކަމަށާއި، އެފަދަ ވާހަކަތައް ސިޔާސީ ބޭނުކަމަށް ދައްކާނަމަ، އެ ކުރެވެނީ ނުރައްކައުތެރިކަމެއް ކަމަށާއި ހަމަ އެކަނި އަނގަ އުކާލަން އެކަހަލަ ވާހަކަތަކެއް ދައްކައިގެން ނުވާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

ރައްތތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދާއި އަރިސް މެމްބަރުން ވަނީ އެމަނިކުފާނަށް ދިން ހަމަލާގެ މައްސަލައިގައި ކުރިއެރުމެއް ލިބިފައި ނުވާތީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.

ރައީސް ސޯލިހަށް ގެންނަން އުޅޭ ކާރު އެއީ، ރައީސް ނަޝީދުގެ ސެކިއުރީގެ ބޭނުމަށް ގެންނަ ކާރެއްކަމަށް ރައީސް އޮފީހުން ބުނި އިރު ރައީސް ސޯލިހުގެ އަނބިކަބަލުން ފަޒްނާ އަހުމަދަށް ވެސް ކާރެއް ގެންނަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ރައީސްގެ ދެކަނބަލުން ދުއްވަން ގެންނަ ދެކާރަށް ދައުލަތުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލީކުވެފައި ވާ ދައުލަތުގެ ރަސްމީ ސިޓީތަކުން ދައްކަ އެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: