ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަން މިއަދު ޕީޖީއަށް ފޮނުވާނަން: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާނަންކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް ހުށައެޅިފައިވާ ގާނޫނީ ފަންނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުމުގެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ޔާމީން ވަނީ ގާނޫނާއި ގަވާއިދާއި ހިލާފަށް އޭނާ ދަތުރުކުރަމުން ދަނިކޮށް ޕާސްޕޯޓް ހިފަހައްޓާފައިކަމަށެވެ. އަދި ގާނޫނާއި ހިލާފަށް ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވާކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިހާރު ރައީސްކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް މުހައްމަދު ސާލިހަކީ ވަރަށް ހެޔޮ ބޭފުޅެއްކަމަށާއި ރައީސް ޔާމީން ކޮންމެފަދަ ވައްކަމެއް ކުރެއްވި ނަމަވެސް ހުކުމެއް ނީންވާކަމަށެވެ. އަދި ރައީސް ޔާމީންގެ ހިގަމުންދާ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ފަނޑިޔާރު ޗުއްޓީ ނެގުމުންކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި އޮންނަނީ ކޮންމެ ރައީސަކަށްވިޔަސް އެއްގޮތަކައް އަމަލުކުރުމަށްކަމަށް ފާހަގަކުރައްވާ ޖާބިރު ސުވާލުއުފައްދެވީ ގާނޫނު އަސާސީން ބާރު ދޭއިރު، މާލީ އިޖުރާއަތްތަކާއި އެކި އެކި ގާނޫނުތައް ރައީސް ޔާމީން ކަށަވަރު ކޮށްދެއްވީ ކިހާ މިންވަރަކަށްކަމާއިމެދުއެވެ.

“ޔާމީން ދިޔައީ އައުޓް ލޯ ތޯ އަޅުގަނޑުމެން އެންމެ ކުރިމަތީގާ، ޔާމީން އޮޕަރޭޓްވި ގޮތް އަޅުަގނޑުމެން މިތިބީ ބަލަންނޫތޯ. ހުދު މީހުންގެ މުދަލަށްވެސް ނުބަލާ ޔާމީން ހިތްޕުޅާ ނުވި މީހަކު ވެއްޖެއްޔާ ގޮޅިއަށްލާ އަނިޔާކޮށް”

ޖާބިރު ވިދާޅުވީ ދައުލަތުގެ ފައިސާއަށް ރައީސް ޔާމިން ހެއްދެވީ ހަދަން ބޭނުން ގޮތެއްކަމަށެވެ.

މިކަމުގެ ނަތީޖާތައް އޭނާގެ ވިޔަފާރިން ފެނިގެންދިޔަކަމަށް ފާހަގަކުރައްވާ ޖާބިރު ފާހަގަކުރެއްވީ އަލިދޫގައި އޭނާ ކުރަމުންގެންދާ ވިޔަފާރިވެސް ހުއްޓުވާލިކަމަށެވެ. މިކަންކަމަށް ރައީސް ޔާމިންވެސް ޒިންމާވާން ޖެހޭނެކަމަށް ޖާބިރޔު ފާހަގަކުރެއްވީ މަޖިލީހަށް ހޫށައެޅިފައިޥާ ހަރަދާސް ޒިންމާވުމާއި ގުޅޭ ބިލުގައި ރައީސް ސާލިހަށް ފާޑު ވިދާޅުވެ ގިނަ މެންބަރުންތަކެއް ވާހަކަދައްކަވާފައިވަނިކޮށެވެ.

ރައީސް ޔާމިން ވެރިކަމަށް ހުވާ ކުރެއްވިއިރު އޭނާއަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމަށް ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ އޭރުގެ ނައިބު ރައީސްއަކަށް ހުންނެވި އަދީބު ބޭނުންކޮށްގެން ދައުލަތުގެ ފައިސާއަށް އިހުމާލުނުވުމަށް ރައީސް ޔާމީންއަށް ދެންނެވިންކަމަށާއި އަދި އެއީ ޒިންމާ ވާން ޖެހޭނެ ފައިސާކަން ހަދުމަކޮށްދިނިންކަމަށް ޖާބިރު ވިދާޅުވިއެވެ.

” ދެން ވިދާޅުވީ އެކަހަލަ ކަންތަކާއި އުޅެންޏާ ދެރަގޮތެކޭވާނީ. ދެން އަދީބު ގުޅުއްވާފަ ވިދާޅުވީ ކަލޭ މަރަޔޭ ލާނީ. ދެން ވަގުތުން އަޅުގަނޑަށް ހުކުމް ކުރީ، ހުކުމް ކުރައްވާފަ އަޅުގަނޑުގެ ގޮނޑި ފޭރިގަތީ ޔާމީން. ޔާމީން ލަދު ގަންނަންޖެހޭނެ، މިތާ ޔާމީން ފަރާތުން ވާހަކަދައްކާ މީހުންވެސް”

ޖާބިރު ވިދާޅުވީ ސިޔާސީ ގޮތުން ރައީސް ޔާމީން އަވަހާރަވެއްޖެކަމަށެވެ.

ވަރަށް ގަދަ
45%ވަރަށް ގަދަ 24%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 31%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: